ސީރިއާގައި ކުރެވުނު އެގައުމުގެ ދާޚިލީ ހަނގުރާމާގައި ބައިވެރިވުމަށް އެގައުމަށްދިޔަ އަހުލީ ހަނގުރާމައަށްދިޔަ 21 ދިވެއްސަކު މިހާރު މާލެ ގެނެސްފައިވާ ކަމަށާއި، އެމީހުން މިހާރުތިބީ ހިންމަފުށީގައި ހުންނަ ރީއިންޓަގްރޭޝަން ސެންޓަރުގައި ކަމަށް ހޯމްލޭންޑް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން މިއަދު ބާއްވަމުން ގެންދާ ނޫސްވެރިން ބައްދަލުވުމުގައި މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އެ މީހުން ރާއްޖެ ގެނެސްފައިވަނީ ތުރުކީ މަގުން، ދިވެހި ސަރުކާރުން ޗާޓަރު ކުރި ފްލައިޓެއްގައި ކަމުގައެވެ.
އޭގެތެރޭގައި 15 ކުޑަކުދިންނާއި 5 އަންހެނުން ހިމެނޭއިރު މި ހުރިހާ އުމުރު ހަމަ ނުވާ ކުދިންނަކީ އެ ފަސް އަންހެނުންގެ ކުދިންކަން ޑީއެންއޭ ކަށަވަރުކޮށްފައިވާ ކަމަށްވެސް ހޯމްލޭންޑް މިނިސްޓަރު ވިދާޅުވިއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.