1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހެންވޭރު ރެސްޓޯރެންޓެއްގައި ގޭސްފުޅިއެއް ގޮވައި 3 މީހަކަށް އަނިޔާވެއްޖެ

mmd3
ގޭސްލީކުވެ ގޮވުމެއް ގޮވި ރެސްޓޯރެންޓްގެ ބަދިގޭގައި ފަޔަމަނުން ހަރަކާތްތެރި ވަނީ --- ފޮޓޯ: އެމްއެންޑީއެފް
ޝަފްޢަތު ، ހުވަދޫ މީޑީއާ
817ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހެންވޭރު ކިނބިގަސް މަގު އެންޖީބީ ފާސްޓް ފުޑް އައުޓްލެޓް ގައި ގޭސް ފުޅިއެހް ގޮވައިފިއެވެ.

ގޭސް ފުޅީ ގޮވުމުގެ ސަބަބުން މަގުމަތީ ތީބީ 2 ދިވެހި އަންހެންނުނަށް އަނިޔާ ވެގެން ދަނީ އޭޑީކޭ ހޮސްޕިޓަލް ގައި ފަރުވާ ދެމުންނެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ، ކިނބިގަސްމަގުގައި ހުންނަ އެންޖީބީ ކެފޭގައި ގޭސް އެކްސްޕްލޯޝަނެއް ހިނގައިގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރި ވަމުންދާ ކަމުގައެވެ.

300 × 250

mmd3ގޭސްލީކުވެ ގޮވުމެއް ގޮވި ރެސްޓޯރެންޓްގެ ބަދިގޭގައި ފަޔަމަނުން ހަރަކާތްތެރި ވަނީ --- ފޮޓޯ: އެމްއެންޑީއެފް

މި ހާދިސާގައި 3 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ ރިޕޯޓްވަނީ ލިބިފައިވާކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.

mmd1ގޭސްލީކުވެ ގޮވުމެއް ގޮވި ރެސްޓޯރެންޓްގެ ބަދިގެތެރެ-- ފޮޓޯ: އެމްއެންޑީއެފް

މި ހާދިސާގައި ސްރިލަންކާއަށް ނިސްބަތްވާ އެ ރެސްޓޯރެންޓުގެ ޝެފަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ވަނީ މައުލޫމާތު ލިބިފައެވެ. ގޭސްފުޅި ގޮވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި