1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ސިޔާސީ މަގާމަކަށް ފިލްމީތަރި އަލީސީޒަން އައްޔަނުކޮށްފި

yexan
ސީޒަން ރައީސް ޑރ. މުއިއްޒުއާއެކު--
ޝަފްޢަތު ، ހުވަދޫ މީޑީއާ
333ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަން ސްރީ ލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ ހައި ކޮމިޝަންގެ ސިޔާސީ މަގާމަކަށް އައްޔަން ކުރައްވައިފިއެވެ.

ސީޒަން އައްޔަން ކުރައްވާފައި ވަނީ ފަސްޓް ސެކްރެޓަރީގެ މަގާމަށްކަން މީޑިއާތަކުން ވަނީ ބުނެފައެވެ. އެހެންނަމަވެސް ސީދާ މިވެނި މަގާމެއް ކަމަށް ހާމަކުރައްވާފައެއް ނުވެއެވެ.

ސީޒަން އަކީ ރާއްޖޭގެ ފިލްމި ދާއިރާގެ އެންމެ ގިނަ ދުވަސްވީ އެއް ފަންނާނެވެ.

300 × 250

ސީޒަން ވަނީ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ޓިކެޓުގައި ތުލުސްދޫ ދާއިރާއަށް ކުރިމަތިލުމަށް ނިންމައި އެކަން އިއުލާނު ވެސް ކުރައްވާފައެވެ. އެހެން ނަމަވެސް ފަހުން ކުރިމަތި ނުލާން އޭނާ ވަނީ ނިންމަވާފައެވެ.

މިކަމާ ގުޅިގެން ބައެއް ފަރާތްތަކުން ބުނަމުން ދިޔައީ ސަރުކާރުގެ ބޮޑު މަގާމެއް ސީޒަނަށް ދޭން ނިންމުމުން ނަން އަނބުރާ ގެންދެވީ ކަމަށެވެ. އެހެން ނަމަވެސް ސީޒަން ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި މަޖިލީހަށް ކުރިމަތިލުމާއި ނުލުން މަގާމާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.

ސީޒަންއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިންގައި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ކެމްޕެއިންގައި ދަތުރު ކުރި ފަރާތެކެވެ. އޭނާއެކު މި ދަތުރުތަކުގައި އެހެން ފަންނާނުންވެސް ބައިވެރިވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި