ވެލައްސަރު ރިސޯޓް ކައިރީ، ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 09:11ހާ އިރު ކަމަށެވެ.
މަރުވެފައި އޮއްވާ ފެނުނީ ކ. އަތޮޅު ރިސޯޓެއްގައި މަސައްކަތް ކުރާ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.