ރައުހަތު ސްޕޯޓްސް ގެ 8 ވަނަ އެތުލެޓިކްސް ޓްރޭނިންގ ބެޗް 200 ބައިވެރިންނާއެކު މިއަދު ތިނަދޫ ސިޓީގައި ފަށައިފިއެވެ.
ތިނަދޫ ސިޓީ ރައުހަތު ސްޕޯޓްސްސް ހުވަދޫ މީޑިއާ އަށް މައުލޫމާތު ދިންގޮތުގައި މިަދު ފެށި ތަމްރީނު ފުރަތަމަ އަމާޒު ކުރީ 80 ޖާގަ އެވެ. ނަމަވެސް ގިނަ ފަރާތްތަކުން އިތުރަށް އެދުމުން އެ ޖާގަ 200 އަށް އިތުރު ކުރެވުނެވެ.
ރައުހަތު ސްޕޯޓްސް ރައީސް ރައުހަތު ވިދާޅުވީ ކްލަބަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ ފާއިތުވި 10 އަހަރު ތިނަދޫ އަށް ނިސްބަތްވާ 3 ނުވަތަ 4 އެތުލީޓުން އަބަދުވެސް ރާއްޖޭގެ ޤައުމީ ޓީމުގައި ތިބުން ކަމަށާއި ނެޝަނަލް އެތުލެޓިކްސް ޕޫލް ތިނަދޫގައި ފާއިތުވި 10 އަހަރު ވަރަށް ކާމިޔާބު ކަމާއެކު ހިންގުން ކަމަށެވެ . އެގޮތުން މޯލްޑިވްސް އެތުލެޓިކްސް އެސޯސިއޭޝަނުން ތާއަބަދު ލިބެމުންދާ އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަ ކުރާ ކަމަށް ރައުހަތު ވިދާޅުވިއެވެ.
ވަރަށް ފޯރީއާއި އެކު ތިނަދޫ ސްޓޭޑިއަމްގައި މިއަދު ހަވީރު ފެށި މި ތަމްރީނުގައި ތަފާތު އެކި އުމުރު ފުރާއިން ކުދިން ބައިވެރި ވެފައިވެއެވެ.
އެތުލެޓިކްސް އަށް ޚާއްސަކޮށް އުފައްދާފައިވާ ރައުހަތު ސްޕޯޓްސް ކާމިޔާބު ކަމާއެކު ހިނގާތާ 10 އަހަރު ވެފައިވާރު އެ ކްލަބަށް ނިސްބަތްވާ 3 އެތުލީޓަކު ރާއްޖޭގެ ޤައުމީ ޓީމުގައި ހިމެނެއެވެ. އަދި 2 އެތުލީޓަކު ސަރުކާރުގެ ސްކޮލާޝިޕްގެ ދަށުން ބޮޓްސްވާނާގައި ތަމްރީނު ހޯދުމަށް އެބަދެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.