ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ހިދުމަތް ދެމުން އަންނަ 16 މީހަކު އެމީހުންގެ އާއިލާއާއި ހަވާލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވީ އެމީހުން އަނބުރާ އާއިލާތަކާއި ހަވާލު ކުރުމަށް ތައްޔާރުވެފައިވާއިރު، އެ ވުޒާރާއިން ބައެއް ފިޔަވަޅުތައް އެޅުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އާއިލާތަކަށް ތަމްރީނު ޕްރޮގްރާމުތައް ރާވައި، ސެންސިޓައިޒް ކުރުމުގެ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތްތައް ހިންގުމުގެ އިތުރުން، އާއިލާތަކުން އެ މަރުކަޒުގައި ތިބި ފަރާތްތަކާއި ހަވާލުވުމަށް އުޒުރުވެރިވާ ސަބަބުތައް ދެނެގަނެ، ނަފްސާނީ ބަލިމަޑުކަމާއި ގުޅޭ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ރާވައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
އެ ވުޒާރާއިން ވިދާޅުވި ގޮތުގައި އެކަމުން ނެރެން ބޭނުންވާ ނަތީޖާއަކީ ކޮންމެ ފަރާތަކަށް ވެސް އުފާވެރި، އަބުރުވެރި ދިރިއުޅުމެއް އާއިލާއާއި އެކު އުޅުމުގެ ހައްގު ކަށަވަރުކޮށްދިނުމެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.