މަކަރާއި ހީލަތުގެ މައްސަލައެއްގައި ތިން މީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ހޯދަމުންދަނީ ބ. ގޮއިދޫ ހީނާމާގޭ އަޙްމަދު ޔާނިސް (27އ) އާއި ހ.އަނދުންގޭ އިބްރާހީމް ޝަމީމް (60އ) އާއި އއ. ފެރިދޫ ބަހާރީގޭ މުޙައްމަދު ޝާން (29އ) އެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް ދެއެއްގެ ޕޮލިސްގެ އިންވެސްޓިގޭޝަނުން ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގައި މި ތިން މީހުން ތަހުގީގަށް ހާޒިރުކުރަން ބޭނުންވި ނަމަވެސް އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.
އެހެންވެ ފުލުހުން ވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައެވެ.
ހާޒިރުވާން އަންގާފައިވަނީ މި މަހުގެ 31 ވަނަ ދުވަހުގެ 10:00އަށް ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަނަށެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.