ކަޅުއޮށްފުންމިއާ އެއްގޮތަށް ފަރުމާކޮށްފައިވާ އެ އޮޑީގެ ނަކަލު ރޭ މާލެ ގެނެސްފިއެވެ.

އާ ރަށުން އެ ދަތުރު ފަށާފައިވަނީ ރޭ 11:00 ހާއިރުގައެވެ. މާލެ ގެނެވުނީ ރޭ 11:15 ހާއިރުގައެވެ. ކަޅުއޮށްފުންމީގެ މި ނަކަލު ގެނެވުނީ ބާޖެއްގައި، އެއް ނަންބަރު ފާލަމަށެވެ.

ކަޅުއޮށްފުންމީގެ މި ނަކަލު މާލެ ގެނެސްފައިމިވަނީ ކަޅުވަކަރު މިސްކިތް ހިމެނޭ ސަރަހައްދުގައި އެ އޮޑި ބޭއްވުމަށެވެ.

އެކަމުގެ އިންތިޒާމުތައް ކުރިޔަށްގެންދަނީ ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިންނެވެ. އެ ވުޒާރާއިން ބުނެފައިވަނީ ކަޅުއޮށްފުންމި ބޭއްވުމަށް އެ ކަޅުވަކަރު މިސްކިތް ހުރި ސަރަހައްދު ތައްޔާރު ކުރަމުން އަންނަ ކަމަށެވެ.