ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރުމަށް އުތީމު ތިންބެއިން ބަންނަވާފައިވާ އޮޑިކޮޅު ކަޅުއޮށްފުއްމި ނަކަލު ކޮށް ހަދާފައިވަނީ އޭގެ އަސްލު އޮޅޭ ގޮތަށް ކަމަށް ކުރީގެ ރައިސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު ވިދާޅުވީ ކަޅުއޮށްފުއްމި، އަނގަމަތި މަސްދޯންޏެއް ގޮތަށް ފެންނާހެން ބަދަލުކުރުމަކީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާ ކޮށްފައިވާ ނިންމުމެއްނޫން ކަމަށެވެ.
"އުތީމު ތަކުރުގެ އޮޑިއަކީ ބަޑި ބެހެއްޓި ނަވަކަށްވުން މާ ގާތް"ރައީސް ނަޝީދު
ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދައުރުގައިވަނީ ކަޅުއޮށްފުއްމި އަލުން ކުރީގެ އޮޑިއާއި އެއް ގޮތަށް ނަކަލު ކޮށް ބަދަފައެވެ. ބ. އާރަށުގައި އޮތް ކަޅުއޮށްފުންމީގެ ނަކަލު މިހާރު ވަނީ މާލެ ގެނެސްފައެވެ. އެ އޮޑި މާލެ ގެނެސްފައިވަނީ މުދާ އުފުލާ ބަނޑެއްގައެވެ. މިހާރު ކަޅުއޮށްފުއްމި ވަނީ ކަޅުވަކަރު މިސްކިތް ހިމެނޭ ސަރަހައްދަށް ގެންދެވިފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.