1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފޯރި އާއި ރޫޙުގައި ގިނަ ބަޔަކާ އެކު ސައިކަލު ބުރަކުން ފައިހަތުގެ ކެމްޕޭން ނިންމާލައިފި

IMG_0717
ޕީޕީއެމް ޕީއެންސީ ޕުރައިމަރީގައި ވާދަ ކުރައްވާ ޙަސަން ފައިހަތު ޤުދުރަތުﷲ ގެ ކެމްޕޭން ގައި މިއަދު ތިނަދޫ ސިޓީ ގައި ބޭއްވި ސައިކަލު ބުރު. ފޮޓޯ :ޖައިޝަމް
ހުވަދޫ ނިއުސް ޓީމް
2,404ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

IMG_0719ޕީޕީއެމް ޕީއެންސީ ޕުރައިމަރީގައި ވާދަ ކުރައްވާ ޙަސަން ފައިހަތު ޤުދުރަތުﷲ ގެ ކެމްޕޭން ގައި މިއަދު ތިނަދޫ ސިޓީ ގައި ބޭއްވި ސައިކަލު ބުރު. ފޮޓޯ :ޖައިޝަމް

20 ވަނަ ރައްޔިތުންގެ މަޖްލިސް ގައި ވާދަ ކުރައްވާ ކެނޑިޑޭޓުން ހޮވުމަށް މާދަމާ ބާއްވާ ޕީޕީއެމް ޕީއެންސީ ޕުރައިމަރީގައި ވާދަ ކުރައްވާ ޙަސަން ފައިހަތު ޤުދުރަތުﷲ ގެ ކެމްޕޭން ވަރަށް ފޯރި އާއި ރޫޙުގައި ގިނަ ބަޔަކާ އެކު ބައިވެރިވި ސައިކަލު ބުރަކުން ނިންމާލައިފިއެވެ.

IMG_0720ޕީޕީއެމް ޕީއެންސީ ޕުރައިމަރީގައި ވާދަ ކުރައްވާ ޙަސަން ފައިހަތު ޤުދުރަތުﷲ ގެ ކެމްޕޭން ގައި މިއަދު ތިނަދޫ ސިޓީ ގައި ބޭއްވި ސައިކަލު ބުރު. ފޮޓޯ :ޖައިޝަމް

300 × 250

IMG_0718ޕީޕީއެމް ޕީއެންސީ ޕުރައިމަރީގައި ވާދަ ކުރައްވާ ޙަސަން ފައިހަތު ޤުދުރަތުﷲ ގެ ކެމްޕޭން ގައި މިއަދު ތިނަދޫ ސިޓީ ގައި ބޭއްވި ސައިކަލު ބުރު. ފޮޓޯ :ޖައިޝަމް

ގދ ތިނަދޫ ދެކުނު ދާއިރާއަށް ވާދަ ކުރައްވާ ފައިހަތުގެ ކެމްޕޭން ރެލީގައި ގިނަ އަދަދެއްގެ ސައިކަލު ބައިވެރި ވެފައިވާ އިރު މިއަދު ހަވީރުގެ ސައިކަލް ބުރުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވި ކަން ފާހަގަ ކުރެވެއެވެ.

ތިނަދޫ ދެކުނު ދާއިރާ އަށް ފަސް ކެންޑިޑޭޓަކު ވާދަ ކުރައްވާ އިރު ފައިހަތު ( ކެނޑިޑޭޓް ނަންބަރު 4)އަކީ ތާރީޚީ ޢަދަދެއްގެ ވޯޓު ޕީޕީއެމަށް ހޯއްދަވައިގެން ގދ އަތޮޅު ކައުންސިލްގެ ރައީސް ގޮނޑި ކާމިޔާބު ކުރެއްވި އަދި މިހާރު ގދ އަތޮޅު ކައުންސިލްގެ ރައީސްއެވެ. ޕީޕީއެމް ޕީއެންސީގެ ތިނަދޫ ދެކުނު ދާއިރާގެ ރައީސްކަން ވެސް އެ ދާއިރާގެ އިންތިޚާބުން ކާމިޔާބު ކުރައްވާ ފައިވާ ފައިހަތު އަކީ ޕީޕީއެމް ޕީއެންސީ ސެނެޓުގެ މެމްބަރެއް ވެސް މެ އެވެ.

ތިނަދޫ ދެކުނު ދާއިރާގައި ކެމްޕެއިން ކުރުން މިއަދު ހަވީރަށް ނިމިގެން ދިޔަ އިރު ގިނަ ބަޔަކު ދެކޭ ގޮތުގައި މި އިންތިޚާބުގައި ގޮނޑި ކާމިޔާބު ކުރައްވާނެ ކަމުގެ އެންމެ އުންމީދު ބޮޑު އެއް ކެނޑިޑޭޓަކީ ފައިހަތު އެވެ.

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ރަޝީދު

    ފައިހަތު އިންތިހާބު ކާމިޔާބުކުރާނެ . ފައިހަތަކީ ޕާޓީއަށް އެއްމެ ބެނުންޖެހިފައިވާ ވަގުތުގައި ވަރުގަދަ އެމްޑީޕީ އާއި ކުރިމަތިލާން ކެރުނު ޒުވާނެއް

ގުޅުންހުރި