1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަޓާޓޯގެ ސީއީއޯގެ މަގާމަށް އާމިނަތު ސޫޒަން އައްޔަންކޮށްފި

matao
ފޮޓޯ: މަޓާޓޯ
ޝަފްޢަތު ، ހުވަދޫ މީޑީއާ
505ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މޯލްޑިވްސް އެސޮސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ސީއީއޯގެ މަގާމަށް އާމިނަތު ސޫޒަން އައްޔަންކޮށްފިއެވެ.

މިކަން އާންމުކޮށްފައި ވަނީ މަޓާޓޯ އިން ނެރުނު ބަޔާނެއްގައެވެ.

މަޓާޓޯއިން މިއަދު ނެރުނު އެބަޔާނު ގައި ސޫޒަން މީގެ ކުރިން ހުންނެވީ ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކަމަށް ބުނެފައިވެއެވެ.

300 × 250

އަދި ސޫޒަނަކީ ރާއްޖޭގެ ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ގެ ފުރަތަމަ އަންހެން ބޯޑު މެންބަރުކަމުގެ ލަގަބުވެސް ހާސިލުކުރައްވާފައިވާ ފަރާތެއް ކަމަށާއި، އަދި ނެޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވްސް އެމްޕްލޯޔާސް (އެފްއެފްއެމްއީ)ގެ އެގްޒެކެޓުވް ބޯޑު މެންބަރުކަންވެސް އަދާކުރައްވާފައިވާކަން އެބަޔާނުގައި ބުނެފައިވެއެވެ.

މަޓާޓޯގެ ބަޔާނުގައި ބުނީ ފިރިހެނުން ޑޮމިނޭޓުކޮށްފައިވާ ދާއިރާއެއްގައި ސޫޒަންއަކީ ގިނަ ހުރަސްތަކެއް ގިރާކޮށްފައިވާ ފަރާތެއް ކަމަށާއި މި ދާއިރާގައި އަންހެނުންނަށް ކުރި ހޯދޭނެ ކަމުގެ ނަމޫނާ ދައްކާފައިވާ ކަމަށެވެ.

ޓޫރިޒަމްއަކީ ރާއްޖޭގެ އިގުތިސޯދަށް މުހިންމު ސިނާއަތަކަށްވާ އިރު، މި ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ ތެރެއިން އަންހެނުންނަކީ އެންމެ ފަސް ޕަސަންޓު ކަމަށް ފާހަގަކޮށް މަޓާޓޯއިން ބުނީ ޓޫރިޒަމް ދާއިރާގައި އަންހެނުން ބާރުވެރިކުރުވައި އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް އެ އެސޮސިއޭޝަނުން ދެކޭ ކަމަށެވެ. އަދި އެ އެސޯސިއޭޝަނުގެ ސީއީއޯގެ މަގާމަށް ސޫޒަން އައްޔަނު ކުރުމަކީ އެކަމަށް މަޓާޓޯއިން ދޭ އަހަންމިއްޔަތުކަމުގެ ރަމްޒެއް ކަމަށް ބުންޏެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި