1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަޖިލިހުގައި ހިނގި ހަމަނުޖެހުމުގައި ބައެއް މެންބަރުން ޒަހަމްވެ ފަރުވާދީފި

kadi
ފޮޓޯ: ރުކުމާކުރެއްވި އެކްސްޕޯސްޓެއްގެ ވީޑިޔޯއެއްގެ މަންޒަރެއް
ޝަފްޢަތު ، ހުވަދޫ މީޑީއާ
294ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނަށް ރުހުންދިނުމަށް ކުރިއަށް ގެންދިއުމަށް ފެށި ދަންފަޅީގައި ތަޅުމުގައި ހިނގަމުންދާ ހަމަނުޖެހުމުގެ ތެރޭގައި ބައެއް މެންބަރުންނަށް ބޮޑެތި ޒަޚަމްތަކެއްވެއްޖެއެވެ.

މަޖިލީހުގައި ތަޅުމުގައި ހަމަނުޖެހުންތަކެއް ހިނގާފައިވަނީ ރައީސް ޑރ. މުޢިއްޒުގެ ކެބިނެޓުގެ ބައެއް މެންބަރުންނަށް ރުހުންނުދިނުމަށް އިދިކޮޅު ބައެއް މެންބަރުން ނިންމެވުމާއި ގުޅިގެންނެވެ. މަޖިލީހުގައި މިއަދުގެ ޖަލްސާގެ ހެނދުނު ދަންފަޅީގައި ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލާގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މައްސަލަ ނިންމިގޮތުގެ ރިޕޯޓު ހުށަހަޅާ ބަހުސްކުރުމަށް 30 މިނެޓު ވަގުތެއްވަނީ ދީފައެވެ.

މި ބަހުސްގައި ވާހަކަދައްކަވަމުން އިދިކޮޅު އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދެވޭނެކަމަށް ވިދާޅުވެފައެވެ. މިކަމާއި ގުޅިގެން މަޖިލިސްކުރާ ގޭދޮށަށް އެއްވެ ގިނަ ބަޔަކު ވަނީ އަޑުވެސް އުފުލާފަައެވެ.

300 × 250

ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އެހުމަށް ތާވަލުކުރީ މިއަދުގެ 13:30 ށެވެ. މިޖަލްސާ ފެށުމާއެކު މަޤްބޫލް ސަބަބެއްނެތި ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުން ސަރުކާރަށް ނިސްބަތްވާ ބައެއް މެންބަރުންނާއި، އިދިކޮޅު މެމްބަރުންގެ މެދުގައި ހަމަނުޖެހުން ހިނގާފައިވާ މަންޒަރުތައް ސޯޝަލް މީޑިއާގައިވެސްވަނީ ދައުރުވެފައެވެ. މި ވިޑިއޯތަކުން ބައެއް މެމްބަރުން ޒަޚަމްވެފައިވާ މަންޒަރުވެސް ފެނެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަނުޖެހުމުގައި ލިބުނު އަނިޔާތަކަށް ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމަށް އޭޑީކޭ ހޮސްޕިޓަލްގައިވަނީ ފަރުވާދީފައެވެ. އަދި މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރަށްވެސް އަނިޔާވެފައިވެއެވެ.

މި ހަމަނުޖެހުމުގެ ސަބަބުން ވަޒީރުންނަށް ރުހުންދިނުމަށް ޖަލްސާ ބޭއްވޭގޮތްވަނީ ނުވެފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި