ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅައިފިއެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށްބުނެ ހުށައެޅުއްވި މައްސަލައިގައި ބަޔާންކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަޣަމުގެ ބޭނުންކޮށްގެން ނުވާނެކަމަށާއި، މުޅި ޣާއުމުގެ ލާބައާއި މަންފާއަށް ރިޔާއަތްކުރައްވަން ޖެހޭނެކަމަށެވެ.

ނަމަވެސް މަޖިލީހުގެ ރައީސް ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއަރުވަން މަގާމުގެ ނުފޫޒު ބޭނުންކުރާ ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.

އަސްލަމްގެ އިތުބާރު ނެތްކަމުގެ މި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ 23 މެންބަރުންގެ ސޮޔާއެކުއެވެ. މަޖިލީހުގެ ރައީސް މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަޤާމުން ވަކިކުރަން ހުށައެޅޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާއިއެކުއެވެ.