ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓު ވަޒީރުންނަށް ރުހުން ދިނުމަށް ބޭއްވި ޖަލްސާ ހޫނުވެ، މާރާމާރީ ހިންގާފައި ވަނިކޮށް، އިތުރު ޖަލްސާއެއް މިރޭ ފެށުމުން ވެސް ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހިއްޖެއެވެ.
މަޖިލިހުގެ ތަޅުމުގެ ތެރޭގައި ހަމަނުޖެހުން ބޮޑުވީ، މި ސަރުކާރުގެ ވަޒީރުންތަކަކަށް ރުހުން ނުދޭން އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމުމުންނެވެ.
މިއަދު މެންދުރު ފަހު 1:30 ގައި ވޯޓަށް އެހުމަށް ހަމަޖެހިފައި ވަނިކޮށް، ޕީޕީއެމް/ޕީއެންސީ މެމްބަރުން ފުރަތަމަ ވެސް ވަނީ މަޖިލިހުގެ ކޮންޓްރޯލް ނަގައި މަޖިލިހުގެ ތަޅުމަށް ނުވަދެވޭ ގޮތަށް ދޮރުތައް ތަޅުލައިފައެވެ. އެކަމަކު، ފަހުން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް މެމްބަރުންނަށް މަޖިލިހަށް ވަދެވޭ ގޮތްވިއެވެ.
އެއާއެކީ، އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ މެދުގައި ހަމަނުޖެހުން އުފެދި، މާރާމާރީ ހިންގިއެވެ.
ވީޑިއޯތަކުން ފެންނަ ގޮތުގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ޕީޕީއެމް/ޕީއެންސީގެ ބައެއް މެމްބަރުންނާ ދޭތެރޭގައި ވަރަށް އަނިޔާވެރިކޮށް ކަންކަން ކުރައްވައިފައެވެ. އަދި މަޖިލިހުގެ މެމްބަރުން ވަނީ މިއަދަކީ މަޖިލިހުގެ ހަޔާތުގައި ވެސް އެންމެ އަނިޔާވެރި ދުވަހުގެ ގޮތުގައި ސިފަ ކުރައްވައިފައެވެ. އެގޮތަށް ސިފަ ކުރެއްވި މެމްބަރުންގެ ތެރޭގައި މަޖިލިހުގައި އެންމެ ދުވަސްވީ މެމްބަރުން ވެސް ހިމެނެއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.