1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަޝްހޫރު "ޓޮބްލެރޯން" ޗޮކްލެޓް ރާއްޖެ އެތެރެކޮށް ވިއްކުން މަނާކޮށްފި

toblerone-IWei-stock.adobe.com.width-1440_ierpkAw11ZyQHfTU
ޓޮބްލެރޯން ޗޮކްލެޓް
ރިފާޢު ރަޝީދު
10,592ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޓޮބްލެރޫން" ބްރޭންޑްގެ މިލްކް ޗޮކުލެޓު ދިވެހިރާއްޖެ އަށް އެތެރެކުރުމާއި ވިއްކުން މޯލްޑިވްސް ފްޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާ ކޮށްފި އެވެ.

އެމްއެފްޑީއޭ އިން މި ބްރޭންޑްގެ ޗޮކުލެޓު އެތެރެކުރުމާއި ވިއްކުން މަނާ ކޮށްފައި ވަނީ، ޗޮކުލެޓު އުފައްދާ މެޝިނަށް ދިމާވި މައްސަލައަކާއި ގުޅިގެން ޕްލާސްޓިކުން ޗޮކުލެޓު ތަގައްޔަރުވުމާއި ގުޅިގެންނެވެ.

Screenshot_2024-01-29-22-57-38-915_com.facebook.katana-edit

300 × 250

މިކަމާ ގުޅިގެން އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، ޕްލާސްޓިކުން ތަގައްޔަރުވެފައިވާ "ޓޮބްލެރޫން" ބްރޭންޑުގެ މިލްކް ޗޮކުލެޓް ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިިސްޓަމް ފޯ ފްޑް އެންޑް ފީޑް، އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކް މެދުވެރިކޮށް އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.

ތަގައްޔަރުވެފައިވާ މި އުފެއްދުމުގެ ސަބަބުން ޕްލާސްޓިކް ކޮޅެއް ކަރުގައި ތާށިވުން ނުވަތަ ދަތަށް ގެއްލުމެއް ލިބުން ފަދަކަމެއް މެދުވެރިވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން "ޓޮބްލެރޫން" ބްރޭންޑްގެ މިލްކް ޗޮކުލެޓް އެތެރެނުކުރުމަޓާއި ނުވިއްކުމަށް އެމްއެފްޑީން ވަނީ އަންގާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި