1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފެންނަހާ މީހަކާ ދީނީ ސުވާލު ނުކުރާށެވެ!

Screenshot 2024-01-31 073605
ހުވަދޫ ނިއުސް ޓީމް
1,065ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ބަސް ބުނުމުގެ މިނިވަންކަމާއި، އެކިއެކި ޙައްޤުތައް ހޯދުމުގެ ނަމުގައި ތަފާތު ޝިޢާރުތައް ފާޅުކުރަން މިއަދު މިވަނީ ފަށާފައެވެ. ދީނީ ސުވާލު ކުރުމާއި އެ ސުވާލުތަކަށް ޖަވާބު ދިނުން މިވަނީ ކޮންމެ މީހަކު ވެސް ކޮށްއުޅޭ ކަމެއްގެ ގޮތުގައި އާންމުވެ އާދަ ވެފައެވެ.

ދީނީ ސުވާލު ކުރުމަކީ އާންމު ދިރިއުޅުމުގައި އަޅުގަނޑުމެން މި ހީކުރާ ފަދައިން އޮންނަ ކަމެއް ނޫނެވެ. އެ ކަމަކީ އޭގެ މައްޗަށް ސަވާބާއި އަޒާބު ބިނާވެގެންވާ މުހިއްމު މައްސަލައެކެވެ.

ފެންނަހާ މީހަކާ ދީނީ ސުވާލު ނުކުރާށެވެ! އެފަދަ ސުވާލުތަކަށް ލިބޭ ޖަވާބުގެ މައްޗަށް ދިރިއުޅުން ތަރުތީބުވެގެން އާދެއެވެ. ހަޔާތުގެ ކޮންމެ ކަމެއްގައި އޭގެ ބޭނުން ހިފެއެވެ. އަދި މީހާ މަރުވެ ދަނީ އެ ގޮތުގައި ޢަމަލުކުރުންމަތީ ދެމިހުއްޓައެވެ. އޭނާ މަޙްޝަރުކުރެވޭނީ ވެސް އެ ޢަމަލުތަކުގެ މަތީގައެވެ. އެއަށްފަހު ދާއިމީ ފަލާޙާއި ކާމިޔާބު ނުވަތަ އަޒާބާއި ޢިޤާބު ވެސް ބިނާ ވަނީ އޭގެ މައްޗަށެވެ.

300 × 250

މީހަކު ނަމާދު ކުރަން މިސްކިތަށް ދިޔައިރު އެ މިސްކިތުން އެކި ގޮތްގޮތަށް ހަށަންބަންނަ މީހުން އޭނާއަށް ފެނުނެވެ. އެ ތަނުން ދިމާވި މީހަކާ ސުވާލުކުރުމުން އެ މީހާ ޖަވަބުގައި ބުނީ "އެހެންމީހުން ކުރާގޮތަށް ތިބާވެސް ކުރާށެވެ." އެއީ ރަނގަޅު ޖަވާބެއް ބާއެވެ؟ޝަރުޢީ ޙުކުމްތައް ބިނާވެގެން ވަނީ މީހުން ޢަމަލު ކުރާ ގޮތުގެ މައްޗަކަށް ނޫނެވެ. އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ބިނާވެގެން ވަނީ ދަލީލުގެ މައްޗަށެވެ. އެހެންކަމުން ދީނީކަމެއް އޮންނަ ގޮތް އޮޅުން ފިލުވަން ސުވާލު ކުރާނަމަ އެކަމުގެ އަހުލުވެރިންނާ ސުވާލު ކުރާށެވެ. ކޮންމެ ކަމެއް ވެސް ރަނގަޅަށް އޮޅުން ފިލުވައި އެކަމަކާބެހޭ ރަނގަޅު ޞައްޙަ މައުލޫމާތު ލިބެން އެދޭނަމަ ސުވާލުކޮށް އުޅެން ވާނީ އެކަމެއްގެ އަހުލުވެރިންގެ ކިބައިންނެވެ. މިކަން ބަޔާންކުރައްވައި ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވަނީ ﴿فَاسْأَلُوا أَهْلَ الذِّكْرِ إِن كُنتُمْ لَا تَعْلَمُونَ﴾ ‎(سورة النحل: ٤٣) މާނައީ: "ފަހެ، ތިޔަބައިމީހުން ނުދަންނަ ކަމުގައި ވާނަމަ، ތިޔަބައިމީހުން ޢިލްމުގެ އަހުލުވެރިންނާ ސުވާލު ކުރާށެވެ"!

އަޅުގަނޑުމެންގެ ތެރެއިން މީހަކު ބަލިވުމުން ކޮންމެކޮންމެ ޑަކްޓަރަކަށް ދައްކަނީއެއް ނޫނެވެ. އެކި ރޮނގުރޮނގުން ޚާއްޞަ ފާސްތައް ނަންގަވައިގެން ތިއްބެވި ބޭފުޅުން ހޯދައިގެން ކޮންމެ ބައްޔެއް ވެސް އެ ބައްޔެއްގެ ޚާއްޞަ މީހަކަށް ނޫނީ ނުދައްކައެވެ. އޭގެ ބޭނުމަކީ އެ ބައްޔަށް އަވަސް އަދި ރަނގަޅު ފަރުވާ، އެ ކަމުގެ އަހުލުވެރިޔާގެ ފަރާތުން ލިބިގަތުމެވެ. ނަމަވެސް އިސްލާމްދީނުގެ ކަންކަމާ މެދު ސުވާލު އުފެދޭ ކޮންމެ ފަހަރަކު މިފަދައިން ޢަމަލު ކުރެވޭބާއެވެ؟ އެ ކަންކަމާ މެދު ތިމާއަށް ހީވާ ގޮތް ނުވަތަ އެކިއެކި އޮޅިއޮޅިތަކުގައި ހިންގޭ މަޝްވަރާތައް އެއީ ފުރިހަމަ ހައްލެއް ކަމުގައި ދެކެވޭ ކަމީ ހިތާމައެކެވެ.

ދުނިޔަވީ ކަންކަމުގައި އޭގެ އަހުލުވެރިންނާ ނޫނީ ސުވާލު ނުކުރާ ފަދައިން، ދީނީ ކަންކަމުގައި ވެސް ދީނީ ޢިލްމުވެރިންނާ ނޫނީ ސުވާލު ނުކުރަމާ ހިނގާށެވެ! އެހެން ނޫންނަމަ ހިތާމަކުރަންޖެހޭ އެތައް ކަމަކާ ކުރިމަތިލާން ޖެހިދާނެއެވެ.

މައުލޫމާތު: الشَيْخ حَارِث زَاهِر / ދީނުގެމަގު

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި