1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރައީސް އަޒުލުކުރަން ހުށަހެޅުމަކީ ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުން: މާމިގިލި ދާއިރާގެ މެންބަރު ގާސިމް

QASIM MUZZIU
ހުވަދޫ ނިއުސް ޓީމް
684ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޒުލުކުރަން ހުށަހެޅުމަކީ ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާނެ ކަމަށް އެމްޑީޕީން ބުނުމާ ގުޅިގެން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

އެމްޑީޕީން ބުނީ އަޒުލުކުރުމުގެ މައްސަލަ މިދައުރު ނިމުމުގެ ކުރިން ހުށަހަޅާނެ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ސޮއި މިހާރު ހަމަވެފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

300 × 250

https://twitter.com/qasimibrahim/status/1752569210771996681?s=20

އެކްސްގައި ކުރެއްވި ޕޯސްޓުގައި ގާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ރައީސް ޑރ. މުޢިއްޒު އިންތިޚާބުވެ ވަޑައިގެންފައިވަނީ ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ކަމަށެވެ. އެހެންކަމުން އެމަނިކުފާނު އަޒުލުކުރުމަކީ ނުވަތަ އަޒުލުކުރަން ހުށަހެޅުމަކީ ވެސް ދިވެހި ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުން ނޫންކަމުގައި ނުވާނެ ކަމަށް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރައީސް ޑރ. މުޢިއްޒު ޤާނޫނާ ޚިލާފު ނުވާ ހިނދަކު އަދި ރައީސުލްޖުމްހޫރިއްޔާކަމުގެ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނި ނުވާހާ ހިނދަކު އެމަނިކުފާނު އަޒުލުކުރަން އުޅުއްވުމަކީ ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ނިޔަތުގައި ކުރާކަމެއް ކަމަށެވެ. އަދި އެކަން ކުރަނީ ވެރިކަމާ ހަވާލުވުމުގެ ބޭނުމުގައި ކަމަށްވެސް ގާސިމް ތުހުމަތު ކުރެއްވިއެވެ.

ގާސިމް ވިދާޅުވީ ދައުރެއް ނިމެމުންދާ މަޖިލީހެއްގެ ތެރެއިން ރައީސަކު އަޒުލުކުރުން ފަދަ އަމަލެއް ހިންގުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަންވާނީ އެކަށޭނެ ސަބަބުތަކެއް ހުރެގެން ކަމަށާއި މަޖިލީހުގެ މެޖޯރިޓީ އޮތުމުން ޖެއްސުންކުރުމުގެ ގޮތުން އެފަދަ ކަމެއް ކުރުމަކީ ޤައުމުގެ ދުސްތޫރީ ހަމަތަކާއި ޑިމޮކްރަސީގެ އުސޫލުތަކާ ވެސް މުޅިން ޚިލާފު ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެފަދަ އަމަލުތަކުގެ ސަބަބުން ޤައުމަށް ލިބޭނީ އިތުރު ހިތާމައާއި ނިކަމެތިކަން ކަމަށް ވިދާޅުވިއެވެ. އެހެންވެ ރައީސް އަޒުލުކުރަން ކުރަމުން އަންނަ މަސައްކަތް އެއްވެސް ޝަރުތެއް ނެތި ހުއްޓާލުމަށް ގާސިމް ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ގާސިމް އިތުރަށް ވިދާޅުވީ ރައީސް ޑރ. މުޢިއްޒު މިހާތަނަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނާއި ޤައުމަށްޓަކައި، ޤައުމަށް ކުރިއެރުން ހާސިލްކޮށްދެއްވަން ކަމަށެވެ. އެހެންވެ، ރައީސަށް ޤާނޫނީ ވެރިކަން ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ފުރުސަތު ދޭން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

300 × 250

ރައީސް އަޒުލުކުރުމުގެ މަސައްކަތް އިދިކޮޅު ފަރާތްތަކުން ފަށާފައިވާއިރު ދައުލަތުން މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު އަޒުލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ބަޔާންކުރަނީ، ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލުކުރެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތެރެއިން ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުންކަމަށެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ.

ނަމަވެސް މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް ގެނައި އިޞްލާހުގައި ވަނީ މަޖިލީހުގެ އެއްވެސް ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެނަމަ އެ ދާއިރާއެއްގެ ގޮނޑި ދެން ނުގުނާނެކަމަށެވެ. އެހެންކަމުން ސަރުކާރުގެ އެކި މަޤާމުތަކަށް ވަޑައިގަތުމަށް 7 މެންބަރަކު އިސްތިއުފާ ދެއްވުމާއި ގުޅިގެން މިހާރު މަޖިލީހުގައި ތިބި ޖުމްލަ މެމްބަރުންގެ އަދަދަކީ 80 ކަމަށް މަޖިލީހުން ވަނީ ކަނޑައަޅާފައެވެ. މިއާއެކު ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން އަޒުލްކުރަން ބޭނުންވާ ވޯޓުގެ ޢަދަދު ވަނީ 54އަށް ދަށްވެފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި