1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ލައިފްސްޓައިލް

ލޮބުވެތި އަޚުންނާއި އުޚްތުންނޭ، މަރަކަށް ނުފިލޭނެ!

death
ހުވަދޫ ނިއުސް ޓީމް
1,683ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެއްދުވަހަކު ޢަލީގެފާނު މިންބަރަށް އަރައިވަޑައިގަތެވެ. ޙަމްދު ޘަނާއަށް ފަހު، މަރާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. ވިދާޅުވިއެވެ.
"މަރަކަށް ނުފިލޭނެއެވެ. އެއާ ދެކޮޅު ހެދިއެއް ކަމަކު އެ މީހަކު ގެންދާނެއެވެ. ފިލަން އުޅުނެއް ކަމަކު އަރާ ހަމަކުރާނެއެވެ. ފަހެ، ނަޖާވާށެވެ! ނަޖާވާށެވެ! ފަހެ، އަވަސްވެ ގަންނާށެވެ! އަވަސްވެ ގަންނާށެވެ!

ހަމަކަށަވަރުން ތިޔަބައިމީހުންގެ ފަހަތުގައި ބާރު ދުވެލީގައި އަންނަ އެއްޗެއް ވެއެވެ. އެއީ ކަށްވަޅެވެ. ފަހެ އޭގެ ފިއްތާލުމާއި އަނދިރިކަމާއި އެކަނިވެރިކަމަށް ބިރުވެތިވާށެވެ. ދަންނާށެވެ! ކަށްވަޅު ވާހުށީ ނަރަކައިގެ ވަޅުތަކުގެ ތެރެއިން ވަޅަކަށެވެ. ނުވަތަ ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއަކަށެވެ. ދަންނާށެވެ! ކޮންމެ ދުވަހަކު ތިން ފަހަރު އެ ކަށްވަޅު ބުނާކަހަލައެވެ.

އަހަންނަކީ އަނދިރިކަމުގެ ގޮވައްޗެވެ. އަހަންނަކީ ފަނިފަކުސަތަކުގެ ގޮވައްޗެވެ. އަހަންނަކީ އެކަނިވެރިކަމުގެ ގޮވައްޗެވެ.
ދަންނާށެވެ! އޭގެ ފަހަތުގައި ވަނީ ބޮޑެތި މީހުން މަސްތުކުރުވާ ވަރުގެ ދުވަހެކެވެ. އަދި ކުޑަކުދިން ނުރަ ކުރުވާ ވަރުގެ ދުވަހެކެވެ. އެއީ މާބަނޑު އަންހެނުން ބިރުން އެބައިމީހުންގެ ދަރި ވިހާނޭ ދުވަހެވެ. އެ ދުވަހުގައި މީސްތަކުން މަސްތެއްގައިވާ ފަދައިން ފެންނާނެއެވެ. އެހެނަސް އެބައިމީހުން ވާނީ މަސްތުވެފައެއް ނޫނެވެ. އެހެނެއްކަމަކު، ﷲގެ ޢަޛާބު ގަދަފަދައީއެވެ.

300 × 250

ދަންނާށެވެ! ދެން އެއަށް ފަހުގައިވަނީ އަދި އެއަށް ވުރެވެސް ނުރައްކާތެރިކަމެވެ. ހޫނުގަދަ އަލިފާންގަނޑެކެވެ. އެހާ ފުން ވަޅުގަނޑެކެވެ. އެތަނުގެ ގަހަނާއާއި ޗާބޫކުވަނީ ދަގަނޑުންނެވެ. އަދި އެތަނުގެ ފެނަކީ ދޮހެވެ. އަދި ބެލެހެއްޓުންތެރިއަކީ މާލިކެވެ. އެކަލޭގެފާނުގެ ހިތްޕުޅުން ރަޙްމަތް ވާނީ ނެންގެވިފައެވެ."

ދެން ޢަލީގެފާނު ކީރިތި ކުރެއްވިއެވެ. އަދި މީސްތަކުން ވެސް ވަރަށް ރުޔެވެ. އެއަށް ފަހު ޢަލީގެފާނު ވިދާޅުވިއެވެ.
"ދަންނާށެވެ! އޭގެ ފަހަތުގައި ވަނީ ސުވަރުގެއެވެ. އެ ތަނަކީ އުޑުތަކާއި ބިން ފަދަ ތަނަވަސްކަން ހުރި ތަނެކެވެ. ތައްޔާރުކުރެވިފައިވަނީ ތަޤްވާވެރިންނަށެވެ. އަޅަމެންނާއި ތިޔަބައިމީހުންނީ ސުވަރުގެވަންތަވެރިންކަމުގައި ލައްވާށިއެވެ! އަދި އަޅަމެންނާއި ތިޔަބައިމީހުން ވޭންދެނެވި ޢަޛާބުން ރައްކާތެރިކުރައްވާނދޭވެ"! [تهذيب البداية والنهاية لابن كثير (3 / 283).]

ބުއްދިވެރިއަކީ މަރުވާނޭކަން ދެނެ، އެއަށް ފާރަވެރިވެ، އެކަމަށް ތައްޔާރުވެ ހުންނަ މީހާއެވެ.

މައުލޫމާތު: الشَيْخ عِمْرَان مُحُمَّد عَلِي / ދީނުގެމަގު

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި