ރާއްޖެއަށް އެތެރެކުރާ ބުއްފުޅިއާއި ބުއްފުޅީގެ ތުން ރަޖިސްޓަރީ ކުރުމަށް ރާއްޖެއަށް މުދާ އެތެރެކޮށް ވިއްކާ ފަރާތްތަކަށް (އިމްޕޯޓަރުންނަށް) އަންގައިފިއެވެ.
ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުން ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގައި ބަޔާންކުރާ 'ކަނޑައެޅިފައިވާ އުފެއްދުންތައް' ދިވެހިރާއްޖެއަށް އެތެރެ ކުރުމަށް ހުއްދަ ދެމުންދަނީ އެ އޮތޯރިޓީގެ ދިރިތި ޕޯޓަލްގައި ރަޖިސްޓަރީ ކުރުމަށްފަހުގައި ކަމަށް އެމްއެފްޑީއޭ އިން މިއަދު ވަނީ ބުނެފައެވެ.
މި ޤަވާޢިދުގައި ބަޔާންކޮށްފައިވާ "ކަނޑައެޅިފައިވާ އުފެއްދުންތައް"ވަނީ 2015 ވަނަ އަހަރުން ފެށިގެން ރަޖިސްޓަރީ ކުރަމުން ގޮސްފައެވެ. އެހެންނަމަވެސް، މިހާރަކަށް އައިސް މިފަދަ ތަކެތި އެ އޮތޯރިޓީގައި ރަޖިސްޓަރީ ނުކޮށް އިމްޕޯޓު ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފައި ވެއެވެ.
ކަންމިހެން އޮތުމާއެކު، ބުއްފުޅިއާއި ބުއްފުޅީގެ ތުން ރަޖިސްޓަރީ ކުރުމަށް އިމްޕޯޓަރުންނަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ. މިގޮތުން މި އުފެއްދުންތައް އެތެރެކުރާ ފަރާތްތަކުން 31 ޖުލައި 2024 ގެ ފަހުން އެމް.އެފް.ޑީ.އޭގައި ރަޖިސްޓަރީ ކުރުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.