1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުން އެމްއެންޑީއެފުން ވަރުގަދަ ކޮށްފި

MNDF
ހުވަދޫ ނިއުސް ޓީމް
408ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގެ އުތުރުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު، ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ދަނީ ޕެޓްރޯލްކޮށް ބަލަހައްޓަމުން ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން އެކްސް ގައި ކޮށްފައިވާ ޕޯސްޓެއް ގައި ބުނެފައި ވަނީ ރާއްޖޭގެ އުތުރުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ސަރަހައްދު ގައި ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

https://twitter.com/MNDF_Official/status/1753342174178230284?s=20

300 × 250

އަދި އެ އުޅަނދުން ދަނީ އެ ސަރަހައްދު ޕެޓްރޯލްކޮށް ބަލަހައްޓަމުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ރާއްޖޭގެ އުތުރުގެ ކަނޑުގެ ސަރަހައްދު އެމްއެންޑީއެފުން ބަލަހައްޓަން ފަށާފައިމިވަނީ، ރާއްޖޭގެ އުތުރުން މަސްވެރިކަން ކުރަން އުޅުނު ތިން ދޯންޏަކަށް އިންޑިއާ ސިފައިން އަރައި އެ ދޯނިތަކުގައި ތިބި މަސްވެރިންނާ ސުވާލުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

އެ ދޯނިތަކަށް އިންޑިއާ ސިފައިން ހަތިޔާރާ އެކު އަރާ އުޅުނު މަންޒަރު ފެންނަ ވީޑިއޯތައް މިއަދު ވަނީ އާންމު ކޮށްފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި