މި ވަގުތަށް މަސްވެރިންނަށް ނުދެވި ހުރިކަމަށް ހިސާބުތަކުން ދައްކާ 190 މިލިއަނެއްހާ ރުފިޔާ ދެވޭނެ ގޮތްވެ، ސަރުކާރުގެ އަމާޒަކީ މިހާރު އޮތް ބެލްކޮގް އެއްކޮށް ފިލުވާލެވި ބަރާބަރަށް މަސްވެރިންނަށް ފައިސާ ދެވިގެން ދިއުންކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝިޔާމް މިއަދު ވިދާޅުވީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވި ލަސްވާތީ އާއިލާތަކުގެ ޒަރޫރީ ބޭނުންތައް ނުފުއްދި ކުލި ނުދެއްކި ޔުޓިލިޓީ ބިލްތަކަށް ފައިސާ ނުދެއްކި ދަރިންގެ ޓިއުޝަންފީ ނުދެއްކި ލޯނުތައް އަދާނު ކުރެވި ދުވަސްތައް ގުނަންޖެހުމަކީ އެއްވެސް ފަރުދަކަށް / އާއިލާ އަކަށް ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެއީ ލިބޭ ވަރަށް ވެސް ބޮޑު ހިތްދަތި ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރު މަސްވެރިންނަށް ދޭން ޖެހޭ 250 މިލިޔަނެއްހާ ރުފިޔާ އޮތް. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މިހާތަނަށް މިފްކޯ އިން ސަރުކާރުގެ އެހީތެރިކަމާ އެކު 276 މިލިއަނަށް ވުރެ ބޮޑު އަދަދެއް މަސްވެރިންނަށް ހަލާސް ކުރެވިއްޖެ،"








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.