އެމްޑީޕީ މަޖިލިސް ޕްރައިމެރީ ވޯޓްލުން ފަށައިފިއެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 ފެށިގެން ހަވީރު 5:00 އަށެވެ.

އެމްޑީޕީގެ ޕްރައިމެރީގައި 40 ދާއިރާއަކަށް 149 ކެންޑިޑޭޓަކު ވާދަކުރެއެވެ. އެމްޑީޕީގެ ޕްރައިމަރީ ކުރިއަށްދާއިރު ޖުމްލަ 25،325 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓް ލުމައްޓަކާއި 95 ރަށެއްގައި ވޯޓު ފޮށި ވަނީ ބަހައްޓާފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ. އަދި މާލޭގައި ބަހައްްޓާފައިވަނީ 27 ވޯޓު ފޮއްޓެވެ.

މާލެ ސަރައްހައްދަށް ވޯޓްލާ މީހުންގެ ވޯޓް ފޮށިތައް ބަހައްޓަފާއި ވަނީ ޖަމާލުއްދީން ސްކޫލާއި މަޖީދިއްޔާ ސްކޫލުގައެވެ. ހުޅުމާލޭގައި ވޯޓު ފޮށި ބަހައްޓާފައިވަނީ ކާމިލް ދީދީ ޕްރީ ސްކޫލާއި މުޙައްމަދު ޤާސިމް ޕްރީސްކޫލުގައެވެ.