1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ވަރަށް މަދުން ނޫނީ ނުފެންނަ ގުދުރަތީ ރީތިކަން ދެއްވާފައިވާ ފުއްލާއެއް!

DEER
މަރިޔަމް މިސްކް
408ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ވަރަށް މަދުން ނޫނީ ނުފެންނަ  ޕައިބަލްޑް އެކުލެވޭ ތުއްތު ފުއްލާއަކީ ގުދުރަތީ ރީތިކަން ދައްކުވައިދޭ އާދަޔާ ހިލާފު މަންޒަރެކެވެ.
 
މިޝިގަންގެ ސީޑާ ސްޕްރިންގްސް އަކީ ހަނދާން ނައްތާނުލެވޭ ފަދަ ހަނދާންތައް އުފައްދައި، އާއިލާ އާއި ޖަނަވާރުން މުނިފޫހިފިލުވުމުގެ ޕާކެއް އަދި ފާމް ހައިބްރިޑެއްގެ އިތުރުން ޑިއާ ޓްރެކްސް ޖަންކްޝަން ހުންނަ ތަނެކެވެ. އެތަނުން ފަޚުރުވެރިކަމާއެކު ބުނަނީ ޕާކުގައި އުޅޭ މީހުންނަށް ޕާކުގެ ތެރެއިން ހިނގާފައި ދާއިރު ހުރިހާ ބާވަތެއްގެ  ޖަނަވާރެއް ގާތުން ފެންނަ ކަމަށެވެ.

DEER

ނަމަވެސް ޑިއާ ޓްރެކްސް ޖަންކްޝަންގެ އެންމެ ހާއްސަ ކަމަކީ އެ މީހުންގެ ތަރި، ޕައިބަލްޑިޒަމް ހުންނަ ކުޑަކުޑަ  ފުއްލާއެކެވެ. އޭނާގެ ނަމަކީ ޑްރެގަން ކަމަށާއި އޭނާ އަކީ މަދުން ނޫނީ ނުފެންނަ ބާވަތެއްގެ  ރީތި ޖަނަވާރެކެވެ.

300 × 250

ht_dragon_the_fawn_tl_150603_1

ޑިއާ ޓްރެކްސް ޖަންކްޝަނަށް ދިއުމުގެ ކުރިން ޑްރެގަން އުފަންވި އިރު އޭތީގައި  ޕައިބަލްޑިޒަމް ހުރުމުގެ ސަބަބުން އެހެން އެއްޗެއްސާއި  ތަފާތުވުމުން  އޭތީގެ މަންމަ ވަނީ އޭތި ބާކީ ކޮށްލާފައެވެ.

ޕައިބަލްޑިޒަމަކީ ހަންގަނޑާއި އިސްތަށިގަނޑުގެ ބައެއް ހިސާބުތަކުގައި މެލަނޯސައިޓްސް ނަމަކަށް ކިޔާ ސެލްތައް ނެތުމުގެ ސަބަބުން ދިމާވާ ހާލަތެކެވެ. މެލަނޯސައިޓްސްއަކީ މެލަނިން އުފައްދައި، އިސްތަށިގަނޑާއި ލޮލާއި ހަމުގެ ކުލަ ގެނައުމަށް އެހީތެރިވެދޭ މާއްދާއެކެވެ. މެލަނޯސައިޓްސް ނެތުމުގެ ސަބަބުން ހަންގަނޑާއި އިސްތަށިގަނޑުގެ ބައެއް ހިސާބުގެ  ކުލަ އާދަޔާ ހިލާފަށް މަޑުވެގެން ދެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި