އަންނަމަހު 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ހުޅުމާލެ ދެކުނު ދާއިރާގެ ޕްރައިމަރީ، ޑރ. އަޙްމަދު ޝަމްހީދު ކާމިޔާބު ކުރައްވައިފިއެވެ.

މި އިންތިޚާބު ކުރެއްވީ ހުސައިން ނަޒީފު އާއި ވާދަކުރައްވަވައި 64 ވޯޓްގެ ތަފާތުންނެވެ. ޑރ ޝަމްޙީދަށް ލިބިވަޑައިގަތީ 187 ވޯޓެވެ. ހުސެއިން ނަޒީފަށް ލިބިވަޑައިގަތީ 123 ވޯޓެވެ.

މިދާއިރާގައި ވޯޓުލާފައިވަނީ 311 މީހުންނެވެ. ބާތިލް އެއް ވޯޓުގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. މަޖިލިހުގެ އިންތިހާބުގައި ހުރިހާ ދާއިރާ އަށް ވާދަކުރަން އެމްޑީޕީ ވަނީ ނިންމާފައެވެ. އޭގެ ތެރެއިން ދާއިރާއަކަށް އެއް ކެންޑިޑޭޓުން ކުރިމަތިލާފައިވާތީ 36 ކެންޑިޑޭޓުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓު ވަނީ ކަށަވަރުވެފައެވެ. ޑރ ޝަމްހީދަކީ އެމްޑީޕީ އުފެދުނީއްސުރެ އެޕާޓީގައި ހަރަކާތްތެރިވަމުންދާ އިސްފަރާތެކެވެ. ދައުލަތުގެ މަތީމަގާމް ފުރުއްވައި ނިމިދިޔަ ސަރުކާރުގެ މޯލްޑިވިއަންގެ ޗެއާމަނަކީވެސް ޑރ ޝަމްހީދެވެ.