1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އިގްތިސާދީ ގޮތުން ރާއްޖެއަށް ދޭންޖެހޭ އެއްބާރުލުމާއި، ފަންނީ އެހީތެރިކަން ދިނުމަށް ވޯލްޑް ބޭންކު އޮތީ ތައްޔާރަށް!

World Bank
ވަރލްޑް ބޭންކުން ދެކުނު އޭޝިއާއަށް ކަނޑައަޅުއްވާފައިވާ ވައިސް ޕްރެޒިޑެންޓް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިން | ފޮޓޯ:-ރައީސް އޮފީސް
ހުވަދޫ ނިއުސް ޓީމް
336ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގެ އިޤްތިޞާދާގުޅޭ ކަންކަމުގައި ފަންނީ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެއްވުމަށް ތައްޔާރަށް އޮތްކަން ވޯލްޑް ބެންކުން ހާމަކުރައްވައިފިއެވެ.

ވޯލްޑް ބެންކުން މިކަން ހާމަކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް، ވަރލްޑް ބޭންކުން ދެކުނު އޭޝިއާއަށް ކަނޑައަޅުއްވާފައިވާ ވައިސް ޕްރެޒިޑެންޓް މަރޓިން ރެއިސަރ، ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.

https://twitter.com/presidencymv/status/1754484205315338651?s=20

300 × 250

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރލްޑް ބޭންކުން ދިވެހިރާއްޖެއަށް ދެމުންގެންދާ އެއްބާރުލުމާއި އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. އަދި އިޤްތިޞާދީ ކުރިއެރުމާއި މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ރާވާފައިވާ ކުރުމުއްދަތުގެ އަދި ދިގުމުއްދަތުގެ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއަދު ރިޔާސީ ބަޔާން އިއްވަވަމުންވެސް ފާހަގަކުރެއްވި، ޕަބްލިކް ސެކްޓަރ އިސްލާޙްކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. ވައިސް ޕްރެޒިޑެންޓް ރެއިސަރ ވަނީ ރާއްޖޭގެ އިޤްތިޞާދީ ކަންކަން މެނޭޖްކުރުމުގައި ފަންނީ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެއްވުމަށް ހުށަހަޅުއްވާފައެވެ.

މި ބައްދަލުކުރެއްވުން ދެ ބޭފުޅުން ނިންމަވާލައްވާފައިވަނީ ކުރިމަގުގައި ގުޅިގެން އެކުގައި މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވަމުންނެވެ.

 

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • އެޕަލް

    ވޯލްޑް ބޭންކުުގެ ބައެއް މުވައްޒަފުންގެ އެހެން އެޖެންޑާއެއް އޮވޭ. އެމީހުންގެ ޑޮކިއުމެންޓްތަކުގަ އެބަހުރި ދޮގު (ދީނާ ގުޅުވައިގެން) އަދި ސެކްސުއަލް އޮރިއެންޓޭޝަނޭ ކިޔައިގެންވެސް. ސަރުކާރުގެ އޮފީސްތަކުގެ ސިވިލް ސަރވެންޓުން ޑޮކިއުމެންޓްތައް ރަނގަޅަށް ނުކިޔާ އޯކޭދެނީ. އަދި ދިވެހިންގެ ބޮލުގައި ރިބާގެ މުއާމަލާތްތައް ގެނުވަންވެސް އުޅޭ. އާދޭސްކޮށްފަ ސަރުކާރަށް ދަންނަވަން. އެމީހުންގެ ޑޮކިއުމެންޓްސްތައް ވަރަށް ރަނގަޅަށް ކިޔަން. ހާއްސަކޮށް ލަންކާ މީހުން ބޭނުންކޮށް ލިޔެފަ ހުންނަ އެއްޗެހި. ހަގީގަތް އެނގޭ ފެންވަރެއްގެ ވަޒީފާއެއްގަ ހުރީމަ މިލިޔުނީ.

ގުޅުންހުރި