1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެއްވެސްނުފޫޒެއް ފޯރުވައި، މިސަރުކާރުން ރައްޔިތުންގެ އެއްވެސް ހައްގަކަށް ނާރާނެ: ރައީސް ޑރ، މުއިއްޒު

NUOP
ފޮޓޯ: ރައީސް އޮފީސް
ޝަފްޢަތު ، ހުވަދޫ މީޑީއާ
306ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ގޯތި ދިނުމުގައި، ފަސްޓްލޭޑީ، މެޑަމް ސާޖިދާ މުހައްމަދު ގެންގުޅުއްވާ ލިސްޓަކަށް ގޯތި ދޫކުރާ ކަމަށް ބުނެ ފަތުރާ ވާހަކަ ތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ އާންމުންގެ ސުވާލުތަކަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވުމަށް ރައީސް އޮފީހުން ފަށާފައިވާ "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިން ހުޅުމާލެ، ފްލެޓް 104، ފާތިމަތު އާދަމް، އަމާޒު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ފާތިމަތު ސުވާލު ކުރެއްވީ ގޯއްޗާއި ފްލެޓު ދިނުމުގައި މެޑަމް ސާޖިދާ، ލިސްޓެއް ގެންގުޅުއްވާ ކަމަށް ގޮތް ނޭނގޭ މީޑިއާތަކުން ހަބަރު ފަތުރަމުންދާ ކަމަށާއި އަދި އޭނާ އެކަން ގަބޫލު ނުކުރާ ކަމަށެވެ. ނަމަވެސް ރައީސްގެ ފަރާތުން އެ މެސެޖް ރައްޔިތުންނަށް ދޭން ބޭނުންވާ ކަމަށް ވެސް ފާތިމަތު ވަނީ ބުނެފައެވެ.

300 × 250

ފާތިމަތުގެ މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ އެއީ ގިނަ ރައްޔިތުންގެ މެދުގައި ޝައްކު އުފެއްދުމަށް ފަތުރަމުންދާ ހަގީގަތެއް ނެތް ވާހަކަ ތަކެއް ކަމަށެވެ. އަދި ހަމައެހެންމެ މި ސަރުކާރުން ރައްޔިތުންގެ އެއްވެސް ހައްގަކަށް އަރައި ނުގަންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

"އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ އަޅުގަނޑެއް، އަޅުގަނޑުގެ އަންހެނުން ވިޔަސް، އަޅުގަނޑުގެ ރައްޓެއްސެއް ވިޔަސް، ސަރުކާރުގެ މަގާމެއްގައި ހުރި މީހެއް ވިޔަސް، އަދި އެއްވެސް ކަހަލަ ނުފޫޒެއް އެއްވެސް ދިމާލަކުން ފޯރުވައިގެން މި ސަރުކާރުން އެއްވެސް ރައްޔިތެއްގެ ހައްގަކަށް ނާރާނެ." ރައީސް ވިދާޅުވިއެވެ.

އަދި ހަމައެހެންމެ ގޯތީގެ އިތުރުން އެހެން ޕްރޮގްރާމެއްގެ ތެރެއިން ހަމަޖެހޭ ކަމެއް ކަމުގައި ނަމަވެސް އެކަން ކުރިއަށް ދާނީ އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކީ ދެފުށް ފެންނަ ގޮތަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ ކަމެއް ހިންގުމަށްވެސް ޖާގަ ނުދެއްވާނެ ކަމަށާއި އެކަހަލަ ކަމެއް ހިންގާ މީހެއްގެ މައުލޫމާތު ލިބިވަޑައިގެންފިނަމަ އެކަމަކަށް އިސްވެ އަމިއްލަފުޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި