ރިޔާސީ ކެމްޕެއިންގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ކެމްޕެއިނުގައި ދެއްކެވި ހުރިހާ ވާހަކަފުޅުތަކެއް ހިމެނޭ ފޮތް ޗާޕްކޮށްގެން މިހާރު ގެނެސްފައިވާ ކަމަށާއި އެކިއެކި އިދާރާތަކަށް އެ ފޮތް ފޮނުއްވާނެ ކަމަށް އެ މަނިކުފާނު ރޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް 7 އިން ފެށިގެން ސެޕްޓެމްބަރު 29 ވަނަ ދުވަހާ ހަމައަށް ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން މުއިއްޒު ދެއްކެވި ހުރިހާ ވާހަކަފުޅެއް މިފޮތުގައި ވަނީ ހިމަނާފައިއެވެ. އެއީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ 33 ދުވަހާއި ދެ ވަނަ ބުރުގެ ކެމްޕެއިންގެ 20 ދުވަހުގެ ދަތުރުފުޅުތަކުގައި ދެއްކެވި ވާހަކަފުޅުތަކެވެ.
ތ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ވޭމަންޑޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ ފޮތުގެ ބޭނުމަކީ އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުތަކާއި ވީ ވައުދުތައް ގެއްލިޔަ ނުދީ، ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމާއި ރައްޔިތުންގެ ހަނދާނުގައި އެ ވާހަކަފުޅުތައް އަބަދަށް ހަރުލެއްވުން ކަމަށެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.