1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެއްވެސް ގައުމެއްގެ ސިފައިން ރާއްޖެއަކު ނުތިބޭނެ، ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކްޒޯން ބަލަހައްޓާނީ ދިވެހިން

ty88
ފޮޓޯ: އެކްސް/ކޮމް
ޝަފްޢަތު ، ހުވަދޫ މީޑީއާ
432ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހިރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެކަމުގެ ޔަގީންކަންދެއްވައި ކުރިއަށް އޮތަތަނުގައި ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ބަލަހައްޓާނީ ދިވެހިން ކަމަށެ ރާއޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މި ޔަގީންކަން ދެއްވީ އާންމުންގެ ސުވާލުތަކަށް ސީދާ ރައީސު ޖަވާބުދެއްވުމަށް ރައީސް އޮފީހުން މިހާރު ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި، ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ހުޅުމާލެ ފްލެޓް ނަންބަރު 21308 އަހުމަދު ޝަރީފު ކޮށްފައިވާ ސުވާލަށް ޖަބާނުދެއްވަމުންނެވެ.

އަހުމަދު ޝަރީފުގެ މި ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި އެއްވެސް ޤައުމެއްގެ ސިފައިން ނުތިބޭނެކަން ޔަގީންކުރުމަކީ މި ސަރުކާރުން އެންމެ އިސް ޒިންމާއެއްގެ ގޮތުގައި ދެކިގެން ކުރިއަށްގެންދާ ކަމެއް ކަމަށެވެ. އެގޮތުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ ހުރިހާ މަސައްކަތެއް އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން ރަސްމީކޮށް ފައްޓަވާފައިވާ ކަމަށެވެ.

300 × 250

އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ކުރިއަށްގެންދަވަނީ ޑިޕްލޮމަސީގެ ރިވެތި އުސޫލުގެ ތެރެއިން ކަމަށާއި މިއަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން އަނބުރާ ފޮނުވާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިހާރު ގޮސްފައިވާ ހިސާބުން އިރާދަކުރެއްވިއްޔާ މި ފެށޭ މާޗު މަހުގެ 10 ވަނަ ދުވަހާ ހަމައަށްދާއިރު އެއް ޕްލެޓްފޯމުގެ ސިފައިން ގެންދާނަން. ދެން މެއި މަސް އަންނަންވާއިރަށް، މެއި މަހުގެ 10 ގެ ކުރިން ދެން ހުރި ޕްލެޓްފޯމުތަކުގެ ސިފައިން އިރާދަކުރެއްވިއްޔާ އަނބުރާ ގެންދާނަން. މިހިސާބަށް މިގެންދެވެނީ އިރާދަކުރެއްވިއްޔާ ޑިޕްލޮމެސީގެ ރިވެތި އުސޫލުތަކުން ކުރެވޭ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން،" ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އެންމެ އިސް ޒިންމާއެއްގެ ގޮތުގައި ދެކެނީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެކަން ކަށަވަރު ކުރުން.. އެހެންވީމަ މިހާރު ރާއްޖޭގައި ތިބި އިންޑިއާގެ މިލިޓްރީ ސިފައިން ރާއްޖެއިން ގެންދިއުމަށްޓަކައި އަޅުގަނޑުމެން ހުރިހާ މަސައްކަތްތަކެއް މި ދަނީ ކުރަމުން.. ވެރިކަމާ ހަވާލުވި ފުރަތަމަ ދުވަހުވެސް.. ރަސްމީކޮށް ފަށައިފިން، ޑިޕްލޮމެޓިކްގެ އުސޫލުގެ ތެރެއިން މިދަނީ.."

ގައުމުގެ މިނިވަންކަމުގެ ވާހަކަދައްކައިރު، ރައީސް ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ބަލަހައްޓާނީ ދިވެހިން ކަމަށެވެ. އަދި އެކަން ކުރުމުގެ ގާބިލުކަން ރާއްޖޭގައި އެބަހުރިކަމަށާއި ކެޕޭސިޓީ ފުޅާ ކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށް ރައީސް ވިދާޅުވި އެވެ.

މިއަދުވެސް ރައީސް ދެއްވި ޔަގީންކަމަކީ، ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ތިބުމަށް ޖާގައެއް ނުދެއްވާނެކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އަދި އިންޑިއާ ސިފައިން މާޗް މަހުގެ 15 ވަނަ ދުވަހުގެ ކުރިން އަނބުރާ ޤައުމަށް ގެންދިޔުމަށް ދިވެހި ސަރުކާރުން ވަނީ ރަސްމީކޮށް މިދިޔަ ޖެނުއަރީމަހު އިންޑިއާ ސަރުކާރަށް އަންގަވާފައެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުރިއަށްދިޔަ ހައި ލެވެލް ކޯ ގްރޫޕްގެ ބައްދަލުވުމަށްފަހު ޚާރިޖީ ވުޒާރާއިން ވިދާޅުވެފައިވަނީ ރާއްޖޭގެ 3 ސަރަހައްދެއްގައި ތިބި އިންޑިއާ ސިފައިން ފޮނުވާލަން އެއްބަސްވެފައިވާ ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި