ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް)ގެ ޗެއާމަންގެ މަގާމުގައި ހުންނެވި މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެ މަގާމުން އިސްތިއުފާއަށް ދެއްވައިފިއެވެ.
އެމްޔޫ މަނިކު އިސްތިއުފާއަށް ހުށަހެޅުމާއި ގުޅިގެން ބައެއްނޫސްތަކުން ތަފާތު ވާހަކަތައް ދެއްކިނަމަވެސް އިތުބާރު ހުރި ފަރާތަކުން ހުވަދޫޫނޫހަށް މައުލޫމާތު ދެމުން ވިދާޅުވީ އެމްޔޫ މަނިކު އިސްތިއުފާ ދެއްވީ ބަލިހާލަތު ހުރި ގޮތުން ކަމަށެވެ.
އެމްއޭސީއެލްގެ ޗެއާމަން އަކަށް އެމްޔޫ މަނިކު އައްޔަން ކުރެއްވީ 2013 ވަނަ އަހަރު މެދު ތެރޭގައެވެ. އެމްޔޫ މަނިކް އެމްސީއެލްއާއި ގުޅުނުފަހުން އެއާޕޯޓުގެ ޗެއާމަންގެ މަގާމަށް ބަދަލު ގެނެސްފައި ނުވެއެވެ.
ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ އެމްޔޫ މަނިކަކީ ޔުނިވާސަލް އެންޓަޕްރައިޒަސް އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ވެސް ޗެއާމަނެވެ. އޭނާ އަކީ ރާއްޖޭގެ އެންމެ ފުރަތަމަ ރިޒޯޓް ހިންގި ބޭފުޅުންގެ ތެރޭން ވެސް އެކަކެވެ. މިވަގުތުވެސް އޭނާ އަކީ ރާއްޖޭގެ އެންމެ ބޮޑު އެެއް ރިޒޯޓް އޯނަރެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.