ފާލުބެލުމަކީ ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި އަށަގަނެފައި އޮންނަ ނުބައި ޢާދައެކެވެ. ފަހަރެއްގައި އެ ކަމުގެ ނުރައްކާތެރިކަން އަދިވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ނޭނގެނީ ކަމަށް ވެދާނެއެވެ. އެހެންކަމުން މި ލިޔުމުގައި ބަލައިލަން މި އުޅެނީ އެ ކަމުގެ ނުރައްކާތެރިކަމާ ބެހޭގޮތުންނެވެ. ދީނީ ނަޒަރަކުންނެވެ.
ފާލުބެލުމާއި އަތްބެލުން ފަދަ ކަންކަން ހިމެނެނީ ޣައިބުގެ ޢިލްމަށް ދަޢުވާ ކުރުމުގެ ތެރޭގައެވެ. އެއީ މާތްﷲ އާ ޝަރީކު ކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޣައިބުގެ ޢިލްމަކީ މާތް ﷲ އަށް ޚާއްޞަވެގެންވާ ޢިލްމެކެވެ. އެއީ އެއްވެސް މަޚްލޫޤަކަށް އެނގިގެންވާ ކަންކަމެއް ނޫނެވެ. ޣައިބުގެ ޢިލްމުން އެ އިލާހު سبحانه وتعالى މަޚްލޫޤަކަށް ޚަބަރު ދެއްވައިފި ކަމެއް މެނުވީއެވެ.
ފާލުބެލުމުގެ ނުބައިކަން ބަޔާންކުރައްވައި މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްފުޅު ކުރައްވާފައި ވަނީ "مَنْ أَتَى عَرَّافًا فَسَأَلَهُ عَنْ شَيْءٍ؛ لَمْ تُقْبَل لَهُ صَلَاة أَرْبَعِيْنَ لَيْلَة" (مسلم) މިފަދައިންނެވެ. މާނައީ: "ފާލުބަލާ މީހެއްގެ ކައިރިޔަށް ގޮސް އޭނަގެ ކައިރިން އެއްޗެއް އަހައިފި މީހެއްގެ ނަމާދު ސާޅީސް ރޭ ވަންދެން ޤަބޫލު ނުކުރެވޭ ހުއްޓެވެ." މިއީ ހަމަ އެކަނި ފާލުބަލާ މީހެއްގެ ކައިރިޔަށް ގޮސް އެއްޗެއް އަހައިފި މީހަކަށް ހުރި ނުރައްކާތެރިކަމެވެ. މީގެ އިތުރުން، އިމާމު އަޙްމަދު ރިވާކުރައްވާފައި ވާ ރިވާޔަތެއްގައި ވަނީ، ކަމަކާ ބެހޭގޮތުން ފާލުބަލާ މީހަކާ ސުވާލުކޮށް، އޭނާ ބުނާ އެއްޗެއް ޤަބޫލުކޮށްފި މީހާ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ މައްޗަށް ބާވައިލެއްވުނު ދީނަށް ކާފަރުވެއްޖެ ކަމަށެވެ.







ޚިޔާލު (1)
އިންޑިއާގެ މައިސޫރުގައި ތިބޭ ކަމަށް ބުނޭ ވަރަށް މޮޅަށް ފާލު ބަލާ މުސްލިމް ބައެއް