1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތިނަދޫ ރަށު ކައުންސިލަށް، ތިނަދޫ ސިޓީ ކައުންސިލެއްގެ ދަރަޖަ ލިބޭގޮތަށް ގާނޫނަށް އިސްލާހުތަކެއް!

thinadhoo
ހުވަދޫ ނިއުސް ޓީމް
363ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ތިނަދޫ ރަށު ކައުންސިލަށް، ސިޓީ ކައުންސިލެއްގެ ދަރަޖަ ލިބޭގޮތަށް ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންނެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ކުރީ ސަރުކާރުން ނިންމެވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. ނަމަވެސް އެ ރަށު ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ލިބުމުގައި ޤާނޫނީ ހުރަސްތަކެއް ހުރުމުން އެކަމާއި ގުޅޭގޮތުން އެ ރަށު ކައުންސިލުން ވަނީ ލާމަރުކަޒީ ކޮމިޓީއަށް ހުށަހަޅާފައެވެ.

300 × 250

ލާމަރުކަޒީ ކޮމިޓީން ނިންމާފައިވަނީ ޤާނޫނަށް އިސްލާހުތައް ގެނައުމަށްފަހު ތިނަދޫ ކައުންސިލަށް ސީޓީ ކައުންސިލެއްގެ ދަރަޖަ ދިނުމަށެވެ. ކޮމިޓީގެ ނިންމުމާއި އެއްގޮތަށް ހިސާން ހުށަހެޅުއްވި ބިލުގައި ވަނީ ފަސް އިސްލާހެއް ހުށަހަޅުއްވާފައެވެ.

ހިސާން ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ސިޓީއެއްގެ ދަރަޖަ ރަށަކަށް ދީފިނަމަ އެ ރަށެއްގެ ކައުންސިލް، ސިޓީ ކައުންސިލަކަށް ބަދަލުކުރުން ހިމެނެއެވެ. އަދި ސިޓީއެއްގެ ދަރަޖަ ލިބޭ ރަށުގެ، ކައުންސިލް ރައީސާއި ނައިބު ރައީސްގެ މަޤާމު، މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ މަޤާމަށް ބަދަލުވާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މި އިސްލާހުގެ ދަށުން ރަށު ކައުންސިލް، ސިޓީ ކައުންސިލަކަށް ބަދަލުވި ނަމަވެސް އެ ކައުންސިލް ދެމި އޮންނާނީ ރަށު ކައުންސިލްގެ ދައުރު ހަމަވަންދެންކަމަށް ވަނީ ބަޔާންކޮށްފައެވެ.

އިދާރީ ދާއިރާއެއްގައި ހިމެނޭ ހުރިހާ ރަށެއް އެކުވެގެން ސިޓީއެއް އުފައްދާނަމަ އަމަލުކުރަންވާ ގޮތް ވެސް މި އިސްލާހުގައި ވަނީ ބަޔާންކުރައްވާފައެވެ. މިގޮތަށް ސިޓީއެއް އުފައްދާނަމަ އެ ދާއިރާއެއްގެ އަތޮޅު ކައުންސިލް އުވިގެންދާނެ ކަމަށާއި އެ ކައުންސިލްގެ ހުރިހާ މަސްއޫލިއްޔަތެއް ސިޓީ ކައުންސިލަށް ބަދަލުވާނެކަމަށްވެސް ވަނީ ބަޔާން ކުރައްވާފައެވެ.

މީގެ އިތުރުން ސިޓީ ކައުންސިލަކަށް ބަދަލުވުމާއެކު ޤާނޫނުން ސިޓީތަކަށް ލިބޭ ހުރިހާ ބާރަކާއި މަސްއޫލިއްޔަތެއް ކައުންސިލަށް ލިބިގެންދާނެ ކަމަށާއި ސިޓީތަކުން ލިބެންޖެހޭކަމަށް ޤާނޫނުގައި ބަޔާންކުރާ ހުރިހާ ޚިދުމަތެއް އެ ސިޓީއަކުން ލިބެން ޖެހޭނެ ކަމަށްވެސް އެ އިސްލާހުގައި ވަނީ ބަޔާންކުރައްވާފައެވެ.

ނިިމިދިޔަ ސަރުކާރުން މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ތާއީދު ހޯދުމަށް ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނީ ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުކޮށެވެ

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި