1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
މަޢުލޫމާތު

ހުތްފޮނި ޖުމްހޫރީ މޭވޭ: މޫނާއިގައިގެ ހަންގަނޑު ޒުވާންކަންމަތީ ދަމަހައްޓައި، ދިފާއީ ނިޒާމު ވަރުގަދަކުރޭ

polloo
ފޮޓޯ: އައިސްޓޮކް
ޝަފްޢަތު ، ހުވަދޫ މީޑީއާ
2,363ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގެ ޖުމްހޫރީމޭވާގެ ނަމުން މަޝްހޫރުވިޔަސް މިއީ ރާއްޖޭގައި އުފެދުނު ބާވަތެއް ނޫން އިނގޭތޯއެވެ. މި ހުތްފޮނި ރަހަދޭ މޭވާ، ޕެޝަން ފުރުޓް، ނަމުންވެސް ހަމަ އެހާ ޕެޝަނޭޓެޑް އަދި ރަހައިންވެސް ހަމަ އެހާ ސިކުނޑިއަށާއި ހަށިގަނޑަށް ހާދަ އަރާމެއް ލިއްބައިދެއެވެ.

ޕެޝަން ފްރުޓަކީ މި އެންޓިއޮކްސިޑެންޓުން ފުރިފައިވާ މޭވާއެކެވެ. ހަށިގަނޑުބޭނުންކުރަނީ ލޭހޮޅިތަކާއި ކާޓިލޭޖް، މަސްތައް އަދި ކޮލެޖަން ހެދުމަށް ކަމަށާއި އޭގެ ސަބަބުން ހަންގަނޑު ޒުވާންކޮށް ފެންނަ ކަމަށެވެ. މީގެ އިތުރުން ހަށިގަނޑަށް ޝިފާލިބި، އިންފްލެމޭޝަން ދަށްކޮށްދީ، ސެލްތަކަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދެއެވެ.

ދެކުނު އެމެރިކާ، އޮސްޓްރޭލިއާ، ސައުތު އެފްރިކާ އަދި އިންޑިއާ ފަދަ ހޫނު މޫސުމުގައި އުފެދޭ ޕަސިފްލޯރާގެ ނަމުން ނަންދީފައިވާ ޓްރޮޕިކަލް ވިނައެކުން ހެދޭ މި ޕެޝަން ފްރުޓް، ޖުމްހޫރީ މޭވާއަކި ސިއްހަތަށް ފައިދާހުރި މުހިންމެ ނިއުޓްރިޝަން ފޯރުކޮށްދޭ ހަށިގަނޑަށް ފައިދާހުރި ބާވަތެކެވެ. ގައިގެ ހަމާއި ލޮލުގެ ފެނުމާއި ދިފާއީ ނިޒާމަށް ނުހަނު ފައިދާ ހުރި ވިޓަމިން އޭ އާއި މުހިއްމު އެންޓިއޮކްސިޑެންޓެއް ކަމަށްވާ ވިޓަމިން ސީ މި ފެޝަން ފުރުޓުން ލިއްބައިދެއެވެ.

300 × 250

ޕަލްޕާއި ބިހާއެކު ޕެޝަން ފްރުޓް ތަށީގައި 24.5 ގްރާމް ފައިބަރު ހުރެއެވެ - މިއީ 4 ތަށި ބްރޭން ސީރިއަލް އާ އެއްވަރުގެ އެއްޗެކެވެ! ޕެޝަން ފްރުޓަކީ ދިފާއީ ނިޒާމު ހަރުދަނާކޮށް ދެމެހެއްޓުމަށް ވިޓަމިން ސީ ލިއްބައިދޭ ވަރަށް ރަނގަޅު ވަސީލަތެކެވެ. އަދި ވިޓަމިން އޭ އަކީ ލޮލުގެ ފެނުން ވަރުގަދަކޮށްދީ، އިންފެކްޝަންތަކާ ދެކޮޅަށް މަސައްކަތްކޮށް، ހަންގަނޑު ދުޅަހެޔޮކޮށް ބަހައްޓައިދޭ އެއްޗެކެވެ.

އެންޓިއޮކްސިޑެންޓްސް އިން މުއްސަނދި ވެފައިވާ މި މޭވާއަކީ ހަށިގަނޑަށް ގެއްލުންހުރި ފްރީ ރެޑިކަލްތައް ނިއުޓްރަލައިޒް ކުރުމަށް އެހީތެރިވެދޭ ކޮމްޕައުންޑްތައް ހިމެނޭ މޭވާއެކެވެ. އެންޓިއޮކްސިޑެންޓްތަކަކީ ހަށިގަނޑުގެ ނިޒާމުތައް ދުޅަހެޔޮކޮށް ބެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އެންޓިއޮކްސިޑެންޓުން ހާއްސަކޮށް ސިކުނޑިއަށާއި ނާރުތަކުގެ ނިޒާމަށް ލޭ ދައުރުވުން ރަނގަޅުކޮށްދެއެވެ.

ޕެޝަން ފްރުޓްގެ ޕަލްޕްގައި ގިނަ އަދަދަކަށް ޑައިޓްރީ ފައިބާ އެކުލެވިގެންވެއެވެ. ފައިބަރަކީ ކޮންމެ ކެއުމެއްގައި ވެސް ވަރަށް މުހިއްމު މާއްދާއެކެވެ. މިއީ ހަޖަމުކުރުމުގެ ނިޒާމު ރެގިއުލޭޓްކޮށް، ބަނޑު ދުޅަހެޔޮކޮށް ބަހައްޓައި، ބަނޑުހައިވުމާއި ބަނޑުގެ ބަލިތަކުން ދުރުކޮށްދޭ އެއްޗެކެވެ.

އެމެރިކަން ހާޓް އެސޯސިއޭޝަންޓްރަސްޓެޑް އިން ބުނި ގޮތުގައި ފައިބާއަކީ ކޮލެސްޓްރޯލް ދަށްކޮށް ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދިނުމުގައި ވެސް ފައިދާތަކެއް ކުރާ އެއްޗެކެވެ.

ޕެޝަން ފްރުޓް ގަވާއިދުން ކެއުމަކީ ބަނޑުހައިހޫނުކަމުން ދުރުކޮށްދީ ހަޖަމުކުރުމާއި މުޅި ސިއްހަތު ރަނގަޅުކޮށްދޭ ކަމެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި