1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ބޭނުން ސުވާލެއްކޮށްގެން ސީދާ ވަޒީރު ޑރ އައިޝަތުޝިހާމްގެ ޖަވާބު ލިބޭނެ ފޭސްބުކްލައިވެއް!

duga
އިޖުތިމާއީ އަދި އާއިލީ ތަރައްގީ އާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އައިޝަތު ޝިހާމް /ފޮޓޯ: ރައިސް އޮފީސް
ޝަފްޢަތު ، ހުވަދޫ މީޑީއާ
2,025ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިޖުތިމާއީ އަދި އާއިލީ ތަރައްގީ އާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އައިޝަތު ޝިހާމާ، ފޭސްބުކް ލައިވެއްގައި ވަގުތުން، ސުވާލުކޮށް ޖަވާބު ހޯދޭނެ އިންތިޒާމެއް، އެ ވުޒާރާއިން ހަމަޖައްސައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ބުނެފައިވަނީ މި ލައިވް ކުރިއަށް ދާނީ ފެބްރުއަރީ 8 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ކަމަށެވެ.

300 × 250

ފޭސްބުކް ލައިވް ކުރިއަށްދާ ވަގުތު ކޮމެންޓު މެދުވެރިކޮށް މިނިސްޓަރާ ސުވާލު ކުރެވޭނެ ކަމަށާއި އާންމުންގެ ސުވާލުތަކަށް ޑރ. އައިޝަތު ޝިހާމް ޖަވާބު ދެއްވަމުން ގެންދަވާނޭ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މިއީ މިފަދައިން އިންތިޒާމު ކޮށްގެން އާންމުންގެ ސުވާލުތަކަށް ފޭސްބުކްގެ ޒަރީއާއިން ޖަވާބުދޭ ފުރަތަމަ ފަހަރެވެ. އަދި މިއީ ގެވެށި އަނިޔާގެ މައްސަލަތަކާއި ކުޑަކުދިންނަށް އަނިޔާ ކުރުމާއި ޖިންސީ ގޯނާ ކުރުން އިތުރުވެ އާންމުންގެ ބޮޑު ކަންބޮޑުވުމަކަށް އެކަން ވެފައި ވަނިކޮށް ބާއްވާ ލައިވެކެވެ.

ދާދިފަހަކުން ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ރައީސްގެ ޖަވާބުގެ ނަމުގައި އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ގޮތުން ފޭސްބުކް ލައިވެއް ބާއްވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި