ގދ. ތިނަދޫ ވިމެންސް ޑިވެލޮޕްމެންޓް ކޮމިޓީ އާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑު ގުޅިގެން ގދ. ތިނަދޫގައި "މޫދު ކަސްރަތު" ޕްރޮގްރާމެއް ފަށައިފިއެވެ.
ހަފުތާގެ ހުކުރު ދުވަސް ފިޔަވައި ބާކީ ހަ ދުވަހު ކުރިއަށް ގެންދާ މި ޕްރޮގްރާމް އޮންނާނީ ކޮންމެ ދުވަހެއްގެވެސް ހެނދުނާއި ހަވީރު، ދެ ސެޝަނެއްގެ ގޮތަށެވެ. މޫދުކަސްރަތުގެ މި ހަރަކާތް ކުރިއަށް ގެންގޮސްދެއްވާނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ މުދައްރިސުންނެވެ. މި ހަރަކާތް ކުރިއަށް ގެންދާނި ތިނަދޫ ގޮނޑުދޮށް ސަރަހައްދުގައެވެ.
މިހާރު ފަށައިގެން ކުރިއަށްދާ މި ކަސްރަތު ހަރަކާތް މިމަހުގެ 23 ގެ ނިޔަލަށް ކުރިއަށްގެންދާނެކަމަށް އެމްއެންޑީއެފް ސަދަންއޭރިއާ ކޮމާންޑުން މައުލޫމާތު ހާމަކޮށްފައިވެއެވެ. މިހަރަކާތުގައި އެ ރަށުގެ 40 ކަނބަލުން ބައިވެރިވެފައިވެއެވެ.
އެމްއެންޑީއެފުން ރަށްރަށުގެ ރައްޔިތުންނާ ގުޅިގެން ކުރިއަށްގެންދާ މި ފަދަ ހަރަކާތްތަކަކީ، މުޖުތަމަޢުގެ ލާބަޔާއި މަންފާއަށް ސިފައިން ހިންގާ މަދަނީ ހަރަކާތްތަކުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.