މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. އެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމުގައި ހުންނެވި ފަތުހުﷲ ޖަމީލް އިސްތިއުފާދެއްވުމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ވަނީ އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އެ މަޤާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 20 އަދި 21 ވަނަ ދުވަހު ހެނދުނު 08:00ން މެންދުރު 12:00އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އެ މަގާމަށް ކުރިމަތިލެއްވުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

https://twitter.com/presidencymv/status/1755670740932628532?s=20

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވެފައިވުމުގެ ސަބަބުން ވަގުތީ ގޮތުން އެ އިދާރާ ހިންގެވުމާ ޙަވާލުވެވަޑައިގެންފައި ވަނީ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ އަސްމާ ޝަފީޢުއެވެ.