1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރައްޔިތުންގެ މަޖިލިސް މުވައްޒަފުންގެ އަގުވަޒަންކޮށް، ފާހަގަކުރެވޭ މުވައްޒަފުންނަށް އެވޯޑް ދީފި

tase
ފޮޓޯ: ޕީއެސްއެމް
ޝަފްޢަތު ، ހުވަދޫ މީޑީއާ
1,207ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައްޔިތުންގެ މަޖިލީހުގައި ހިދުމަތްކުރާ މުވައްޒަފުންގެ އަގުވަޒަންކޮށް، އެކި ގޮތްގޮތުން ފާހަގަކުރެވޭ މުވައްޒަފުންނަށް އެވޯޑް ދީފިއެވެ.

މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސްޓާފް ނައިޓްގައި އެންމެ ރަނގަޅު މުވައްޒަފުންނަށާއި މަޖިލީހަށް ޚިދުމަތުގައި ގިނަ ދުވަސްވީ މުވައްޒަފުންގެ އަގުވަޒަންކޮށްފައެވެ.

ދަރުބާރުގޭގައި ބޭއްވި ސްޓާފް ނައިޓް ޝަރަފުވެރިކޮށްދެއްވީ މަޖިލީހުގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދު ﷲ ޝާހިދުއެވެ. މި ހަފްލާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ މެމްބަރުންނާއި މަޖިލީހުގެ އިދާރާގެ މުވައްޒަފުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

300 × 250

މި ހަފްލާގައި 25 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ 5 މުވައްޒަފަކަށް ވަނީ ގޯލްޑް މެޑައްޔާއި ހަނދާނީ ފިލާ ހަވާލުކޮށްފައެވެ.

އަދި 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޚިދުމަތް ކުރި މުވައްޒަފުންގެ ތެރެއިން 57 މުވައްޒަފަކަށް ބްރޯންޒް މެޑައްޔާއި ހަނދާނީ ފިލާ، މަޖިލީހުގައި 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ 10 މުވައްޒަފަކަށް ސިލްވަރ މެޑައްޔާއި ސެޓްފިކެޓް ހަވާލުކުރިއެވެ.

މީގެއިތުރުން މަޖިލީހުގެ މުވައްޒަފުންގެ ގޮތުގައި 5 އަހަރާއި 10 ދެމެދުގެ މުއްދަތަކަށް ޚިދުމަތް ކުރި 58 މުވައްޒަފަކަށް ވަނީ ޚިދުމަތުގެ ސެޓްފިކެޓް ދީފައެވެ.

އަދި 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޚިދުމަތް ކުރި 7 މުވައްޒަފަކަށް ހަނދާނީ ފިލާ، އެމްޕްލޯއީ އެވޯޑް 34 މުވައްޒަފަކަށް ދީފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި