1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

3 ރަށެއްގެ ބައި އިލެކްޝަނުގެ ވޯޓުލުން ފަށައިފި

akol
ފޮޓޯ: ޕިއެސްއެމް
ޝަފްޢަތު ، ހުވަދޫ މީޑީއާ
298ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދެ ކައުންސިލެއްގެ ރައީސްގެ ގޮނޑި އާއި 1 ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންތަކުގެ ވޯޓުލުން މިއަދު ފަށައިފިއެވެ.

މި ބައި-އިލެކްޝަންތަކުގައި ފ. އަތޮޅު ކައުންސިލް ރައީސްގެ ގޮނޑި އާއި ވ. ފެލިދޫ ކައުންސިލް ރައީސްގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރާނެއެވެ. އަދި ރ. ރަސްގެތީމުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ ގޮނޑިއަށްވެސް މެންބަރަކު އިންތިޚާބުކުރާނެއެވެ.

މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން މާލެ އާއިއެކު، ޖުމްލަ 8 ރަށެއްގައި ކުރިއަށްދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެ ކޮމިޝަނުން މަޢުލޫމާތުދެއްވާ ގޮތުގައި ޖުމްލަ 11 ވޯޓު ފޮށި މި ބައި-އިލެކްޝަންތަކުގައި ބަހައްޓާނެއެވެ. އެގޮތުން، މާލޭގައި ބަހައްޓާ 3 ފޮށިވެސް ހުންނާނީ އައު ދަރުމަވަންތަ ސްކޫލްގައެވެ. 3 ބައި-އިލެކްޝަންގެ ވޯޓުލުންވެސް މި ފޮށިތަކުގައި ކުރިއަށް ދާނެއެވެ.

300 × 250

މީގެ އިތުރުން، ފ. ފީއަލި، ފ. ބިލެތްދޫ، ފ. މަގޫދޫ، ފ. ދަރަނބޫދޫގައި އަދި ފ. ނިލަންދޫގައި ވޯޓު ފޮށި ހުންނާނެކަމަށް އިލެކްޝަންސްއިން ވިދާޅުވެއެވެ. މި ފޮށިތަކުގައި ކުރިއަށްދާނީ ފ އަތޮޅު ކައުންސިލް ރައީސްގެ ބައި-އިލެކްޝަނެވެ.

ވ. ފެލިދޫ އާއި ރ. ރަސްގެތީމު ބައި-އިލެކްޝަންގެ ވޯޓު ފޮށިތައް އެ ރަށްރަށުގައި ބަހައްޓާފައި ހުންނާނެކަމަށްވެސް ކޮމިޝަނުން ވިދާޅުވެއެވެ.

މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8އިން ހަވީރު 4އަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި