1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދަނީ

fahidhiriulhun
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުންދާ 4000 ހައުސިންގ ޔުނިޓު : ފޮޓޯ:- ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) 
ހުވަދޫ ނިއުސް ޓީމް
573ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެވުޒާރާއިން ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކާއި ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިއަށްގެންދިޔަ ތަޙުގީގަށްފަހު އިތުރު މައްސަލައެއް ފާހަގަނުވާ ފޯމުތަކުގެ ލިސްޓެއް ބުރާސްފަތި ދުވަހު މިނިސްޓްރީއަށް ލިބފައިވާކަމަށެވެ. އެހެންނަމަވެސް މިއީ ތަޙުގީގުގެ ބޭނުމަށް ހޯދާފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓަކަށްވުމާއެކު މިކަމުގައި ކުރިއަށްދާން ވީގޮތުގެ ޤާނޫނީ ލަފާ ހޯދުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

https://twitter.com/MHLUDmv/status/1756316607842803812?s=20

300 × 250

ގެދޮރުވެރިޔާ ސްކީމްގެ ދަށުން މައްސަލަ ނެތް ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ ހުއްދަ އޭސީސީން ދީފައިވާއިރު ފްލެޓް ލިބޭ މީހުންގެ 59.6 އިންސައްތަ މީހުންގެ ޝަރުޠު ހަމަނުވާކަމަށް އޭސީސީގެ ތަޙުގީގުންވަނީ ހާމަވެފައެވެ. އަދި ޝަރުޠު ހަމަވާކަމަށް ފާހަގަކުރެވުނީ 20.7 އިންސައްތަ ފޯމުކަމަށްވެސް އެކޮމިޝަނުގެ ތަޙުގީގުންވަނީ ހާމަވެފައެވެ.

ފްލެޓާއި ގުޅިގެން ކުރިއަށްގެންދިޔަ ތަޙުގީގަށްފަހު 5 ކަމަކަށް ރިޢާޔަތްކޮށްގެން މަސައްކަތް ކުރިއަށްގެންދިޔުމަށް އޭސީސީންވަނީ ލަފާދެއްވާފައެވެ. އެހެންނަމަވެސް މައްސަލަ ހުރި 60 އިންސައްތަ ފޯމުތަކާމެދު އަދި ވަކިގޮތެއް ނުނިންމައެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި