ގދ މަޑަވެލީގައި ހިންގި މަސްތުވާތަކެތީގެ 3 އޮޕަރޭޝަނެއްގައި، ބަލައި ފާސްކުރެވުނު ފަޅު ސަރަހައްދުތަކުން ބަނގުރާ ފުޅިތަކަކާއި އަދި ހުސްދަޅާއި ފުޅިތަކެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މިދިޔަ ޖަނަވަރީ މަހުގެ 25 އިން މި ފެބުރުވަރީ މަހުގެ 9 އަށް ހިންގި އެ އޮޕަރޭޝަނުގެ ތެރެއިން ބަނގުރާ ފެނިފައިވަނީ ރަށުގެ ފަޅު ސަރަހައްދަކުންނެވެ.
ފޮޓޯ: މަޑަވެލީ ފުލުހުން
މަޑަވެލި ޕޮލިސް ސްޓޭޝަނުން ހިންގި މަސްތުވާތަކެތީގެ ތިން އޮޕަރޭޝަނެއްގައި ބަލައި ފާސްކުރެވުނު ފަޅު ސަރަހައްދުތަކުން 48 ދަޅު ބިޔަރާއި 3 ފުޅި ބަނގުރަލުގެ އިތުރުން ބަނގުރާ އެއްކޮށްފައި ހުރި އެއް ޕެޓްފުޅިއެއްވެސް ވަނީ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި ބަނގުރާ ހުސްކުރި ފުޅިތަކަކާއި ދަޅުތަކެއްވެސް ވެސް ފެނިފައިވާ ކަމަށް މަޑަވެލި ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.
މި މައްސަލަ މަޑަވެލި ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.