ސްކޭމް ކޯލްތަކާއި ފޭކް ސްލިޕް ދެނެގަތުމަށް ގދ ޕޮލިސް ސްޓޭޝަނުން އެ ރަށުގެ ވިޔަފާރިވެރިންނަށް އަމާޒުކޮށް ޚާއްޞަ ޕްރޮގްރާމެއް ހިންގައިފިއެވެ.
"އަވައްޓެރި ފުލުހުން" ޕްރޮގްރާމްގެ ދަށުން އިއްޔެ ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް، ސްކޭމް ކޯލްތަކާއި ފޭކް ސްލިޕް ދެނެގަތުމަށް ބަލަން ޖެހޭ ކަންކަން ވިޔަފާރީވެރިންނަށް ކިޔައިދީފައިވެއެވެ. އެގޮތުން 14 ފިހާރަ އަކަށް ޒިޔާރަތްކޮށްފައިވާ ކަމަށް ގދ ޕޮލިސް ސްޓޭޝަނުން ހުވަދޫ މީޑިއާ އަށް މައުލޫމާތު ލިބިފައިވެއެވެ.
މީގެ އިތުރުން ވިޔަފާރިކުރާ ތަންތަނުގެ ސެކިއުރިޓީ ކަންކަން ބަހައްޓާނެ ގޮތާއި ގުޅޭގޮތުން އެރަށު ވިޔަފާރިވެރިން މަޢުލޫމާތު ދެވިފައިވެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން 2019 ވަނަ އަހަރުން ފެށިގެން ކުރިޔަށް ގެންދަން ފެށި "އަވައްޓެރި ފުލުހުން" ޕްރޮގްރާމްގެ ދަށުން ގދ ގެ ހުރިހާ ރަށެއްގައި ވެސް ދަނީ ހޭލުންތެރިކަން އިތުރު ކުރުމަށް ރައްޔިތުންނާ އެކި މުއައްސަސާތަކާ ގުޅިގެން ވަރަށް ގިނަ ތަފާތު ޕްރޮގްރާމްތައް ހިނގަމުންނެވެ. އޭގެ ތެރޭގައި ޖަމިއްޔާ ތަކާ ސްކޫލް ތައް ވެސް ހިމެނެއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.