1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ބީއެމްއެލް ގެ ކާޑުތަކުން ބޭރު ފައިސާ ނެގޭ މިންވަރު ކުޑަކުރަން ނިންމާފައިނުވާކަމުގެ ޔަގީންކަން ބެންކުން ދީފައިވޭ: ސަރުކާރު

BML
ހުވަދޫ ނިއުސް ޓީމް
267ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ބެންކް އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނެގޭ މިންވަރު ކުޑަކުރަން ނިންމާފައިނުވާކަމުގެ ޔަގީންކަން ބެންކުން ދީފައިވާކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިހެން ވިދާޅުވެފައި ބެންކް އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނެގޭ މިންވަރު ކުޑަކުރަން ނިންމާފައިވާކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާތަކުން ހަޤީގަތާއި ހިލާފު ހަބަރު ފަތުރަމުންދާތީ ނެރުއްވި ބަޔާނެއްގައެވެ.

ފިނޭންސް މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ބެންކް އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނެގޭ މިންވަރު ކުޑަކުރުމަށް އެއްވެސް ނިންމުމެއް ނިންމާފައިވާ ނުވާކަމުގެ ޔަގީންކަން ބޭންކުން މިނިސްޓްރީއަށް ދެއްވާފައިވާކަމަށެވެ.

300 × 250

https://twitter.com/MoFmv/status/1757016724908441878?s=20

މީގެއިތުރުން ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހާލަތަށް ބަލައި ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުގެ ލިމިޓަށާއި ބޭރުގެ ފައިސާގެ ބާޒާރަށް ހެޔޮ ބަދަލުތައް ގެނައުމަށް ސަރުކާރާއި އެމްއެމްއޭ އަދި ބީއެމްއެލް ގުޅިގެން ދަނީ މަސައްކަތްކުރަމުންކަމަށްވެސް މި ބަޔާނުގައިވެއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހާލަތު ރަނގަޅުކޮށް، ދަރަނީގެ ހިރާސްތައް ކުޑަކޮށް، ބޭރު ފައިސާ ލިބުން ފަސޭހަކުރެވޭނެ މަގުތައް ފަހިކުރުމަށް ދިވެހި ސަރުކާރުން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންކަމަށެވެ. އަދި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ކުރިމަތިވެފައި ހުރި މާލީ ދަތިތަކުން އަރައިގަނެ ރާއްޖޭގެ އިޤްތިޞާދީ ހާލަތަށް އަދި ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮ ބަދަލެއް ސަރުކާރުން ގެނެސްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާކަމަށްވެސް މި ބަޔާނުގައިވެއެވެ.

އެހެންކަމުން އިޤްތިޞާދީ މިފަދަ މައްސަލަތަކުގައި ރައްޔިތުން ކަންބޮޑުވާނެ ފަދަ މޭރުމަކުން ހަބަރު ނުފެތުރުމަށާއި ޒިންމާދާރުކަމާއެކު މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ރާއްޖޭގެ ހަބަރު ފަތުރާ އެންމެހާ ފަރާތްތަކަށް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި އިލްތިމާސްކުރައްވާފައިވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި