1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރައީސް ޑރ މުއިއްޒުގެ ލީޑަރޝިޕް އުސޫލުތަކަށް އައިއެމްއެފްއިން ތައުރީފުކޮށްފި

Screenshot_2024-02-13-02-56-09-350_com.android.chrome-edit
ފޮޓޯ:, ރައީސް އޮފީސް
ޝަފްޢަތު ، ހުވަދޫ މީޑީއާ
265ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ލީޑަރޝިޕާއި، މައްސަލަތައް ހައްލުކުރެއްވުމުގެ އިތުރުން ކަންކަން ނިންމެވުމުގައި ކުރިއަށް ވިސްނާވަޑައިގެންނެވުމުގެ އުސޫލާއި އަވަސްކަން ފާހަގަކޮށް އެކަންކަމަށް އައިއެމްއެފުން ތަޢުރީފުކޮށްފިއެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖިއެވާ ރައީސް ޑރ މުއިއްޒުގެ ލީޑަރޝިޕަށް ތަޢުރީފުކުރަށްވާފައި ވަނީ ރައީސް ޑރ މުއިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމްގެ ޒިޔާރަތެއްގައެވެ.

މިއީ ދުބާއީގައި ކުރިޔަށްދާ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024ގެ ހަވާސާގައި ކުރެއްވި ޒިޔާރަތެކެވެ.

300 × 250

މިބައްދަލުވުމުގައި އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖިއެވާ ވަނީ ބައިނަލްއަގުވާމީ ގޮންޖެހުންތަކާއިއެކު ދިވެހިރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެދާނޭ ލޮޅުން ތަކަށް ތައްޔާރުވެތިބުމަށް މާލީ ގޮތުން ގެންނަންޖެހޭ ސްޓްރަކްޗަރަލް ރިފޯމްތަކާއި ހަރުދަނާ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

އަދި އެކަމަނާ ވަނީ ރައީސް ޑރ މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު އާ ސަރުކާރަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކަށް އަލިއަޅުވާލައްވާ، ވިސްނުންތެރިކަމާއެކު މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ރައީސް މުއިއްޒުގެ އިފްތިތާޙީ ޚިޠާބުގައި ބަޔާންކޮށްފައިވާ ޕަބްލިކް ސެކްޓަރ ރީފޯމް ކުރުމާއި، ސަރުކާރުގެ ކަންކަން ނިންމުމުގައި އެމަނިކުފާނު ގެންގުޅުއްވާ ކުރިއަށް ވިސްނާވަޑައިގެންނެވުމުގެ އުސޫލާއި އަވަސްކަން ފާހަގަކުރައްވާ ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ލީޑަރޝިޕަށް އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖިއެވާ ވަނީ ތަޢުރީފުކުރައްވާފައެވެ.

އަދި ރައީސް މުއިއްޒުގެ އިޤްތިޞާދީ އިސްލާޙީ އެޖެންޑާއަށް އިތުބާރުކުރައްވާކަމަށާއި، މިކަމުގައި ސަރުކާރުން ނިންމާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއަށް ފާގަތި މުސްތަގުބަލެއްގެ ބިންގާ އެޅުމުގައި އެހީވެދޭނެކަން އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ފާހަގަކުރެއްވިއެވެ

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި