1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފަޅުތެރޭގައި ހުންނަ ފައްތިޔާތައް ނަގަން އަންގާ މައްސަލައަށް ހައްލުހޯދައިދޭނަން: ރައީސް ޑރ މުއިއްޒު

ފަތް
ފޮޓޯ: ސަންއޮންލައިން
ޝަފްޢަތު ، ހުވަދޫ މީޑީއާ
432ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލޭ ފަޅުތެރޭގައި ހުންނަ ފައްތިޔާތައް ނަގަން އަންގާތީ ރައްޔިތުންގެ ހުރި ކަންބޮޑުވުމަށް ހައްލު ހޯދައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކުރިއަށްގެންދަވާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ތެރެއިން ތ. މަޑިފުށީ، ތަރިވިދާގޭ، އަޙްމަދު އިބްރާހީމް، ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަޙްމަދު އިބްރާހިމް ވަނީ މާލޭ ފަޅުތެރޭގައި ހުންނަ ފައްތިޔާތައް ނުވަތަ ވާތައް ނަގަން އަންގާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މަޑިފުށްޓަކީ އޮޑިދޯނި ފަހަރު ވަރަށް ގިނައިން ދުއްވާ ރައްޔިތުންތަކެއް އުޅޭ ރަށެއްކަމަށެވެ. އަދި މާލޭގެ ފަޅުތެރޭގައި މަޑިފުށްޓާއި އެހެނިހެން ރަށްތަކުގެވެސް ގިނަ ދޯނިތަކެއް އޮތްކަން ފާހަގަކުރެއްވިއެއެވެ.

300 × 250

ރައީސް ވިދާޅުވީ، ދޯނިތަކަށް ފަޅުތެރެއިން އެހެން ތަނެއް ހަމަނުޖައްސާ، ދޭތެރެ ދޭތެރެއިން ފަޅުން ނުކުންނަށް ޖެހި ދާނެ ގޮތް ވިޔަނުދޭނެކަމަށެވެ. އަދި މާލެ ސިޓި ކައުންސިލާ ވާހަކަދައްކައިގެން ކަންބޮޑުވުން ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އޮޑިދޯނި ފަހަރުގައި މަސައްކަތް ކުރާ މީހުން ފަޅުގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތް ހަމަޖައްސަވާދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންތަނަކަށް ބަދަލުވާކަމުގައި ވަނީނަމަ އެނގިގެން އެކަން ހިނގާނީ. މަޝްވަރާކޮށްގެން އެކަން ކުރާނީ. ކުއްލިއަކަށް ކަމެއް ނިންމާފަ ބަދަލުވާގޮތެއް ނުހަދާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މާލޭ ފަޅުގެ ދަތިކަމަކީ އަބަދުވެސް އޮޑިވެރިންނާއި ދަތުރުވެރިންނާއި މަސްވެރިން ދައްކާ ވާހަކައެވެ. ފަޅުގައި ދޯނި ނުވަތަ ރަށުން އަންނަ ބޯޓު އަޅާނެ ޖާގައެއް ހޯދުމަކީ ދަތިކަމެކެވެ. މާލޭގެ އެކިއެކި ބަނދަރުތަކަށް ވަންނަންޖެހެނީ ކިޔު ހަދައިގެންނެވެ. ބައެއް ދުވަސްދުވަހު ބޯޓު ފަހަރު މާލެ އައިސް އެތައް އިރެއް ވަންދެން ބަނދަރާ ގާތްކޮށްނުލެވިފައިވެސް އޮންނަންޖެހެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި