މި އަހަރު ނިމުމުގެ ކުރިން ކ.މާފުށީގައި ޑޮލަރު އޭޓީއެމްއެއް ހުޅުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވި ސަރުކާރުން މިހާރު ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ތެރެއިން ކ. މާފުށީ، ޖަންބުމާގޭ އަހުމަދު ސަމީރު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން ރައީސް ޑރ. މުއިއްޒު ވަނީ އެ ރަށުގައި ޑޮލަރު އޭޓީއެމް ހުޅުވަން ބީއެމްއެލްއާ އެކު މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. "މާފުށީގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަކީ އަޅުގަނޑުވީ ވައުދެއް. އަދި ކޮންމެހެން ކުރަން ޖެހޭ ކަމެއް. އަޅުގަނޑުމެން ބޭންކް އޮފް މޯލްޑިވްސްއާ ވާހަކަދައްކައިގެން އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ވީހާވެސް އަވަހަކަށް އޭޓީއެމް ބަހައްޓަން ވަރަށް މަސައްކަތް ކުރާނަން،," ރައީސް ވިދާޅުވި އެވެ. މިއާއެކު ރައީސް މުޢިއްޒު ވިދާޅުވީ، މާފުށީގެ ބިން ހިއްކުމަކީވެސް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅެއް ކަމަށާ، އެކަން މި އަހަރު ތެރޭގައި ފެއްޓޭނެ ކަމުގެ ޔަގީންކަން ނުދެއްވުނަސް، ވަރަށް އަވަހަށް، ވަރަށް އިސްކަމެއް ދެއްވައިގެން އެ މަސައްކަތް ފަށްޓަވާނެ ކަމަށެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ޑޮލަރުގެ ތާށި ކަމަކީ އިގްތިޞާދަށް ގެންނަންޖެހޭ އިސްލާހުތައް ގެނެވުނުން ހައްލުވާނެ މައްސަލައެއް ކަމަށެވެ. އަދި އިންވެސްޓްމަންޓްތައް ގެނެވި، ރާއްޖޭގައި ބިޔަ ބޮޑެތި މަޝްރޫޢުތައް ހިންގެން ފެށުމުން ޑޮލަރު ތިޔާގި ވާނެ ކަމަށެވެ. އެއާއެކު ޑޮލަރު ލިބުން ފަސޭހަވެ އަވަސް ވާނެ ކަމަށެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.