ލޮލުރޯގާ އިތުރުވަމުންދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެއެވެ.
މި ދުވަސްވަރަކި ލޮލުރޯގާ އިތުރުވަމުންދާ ދުވަސްވަރެއް ކަމަށާއި ލޮލުރޯގާ އެންމެ ބޮޑަށް ފެތުރިފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ހދ، ރ، ލ އަދި ގދ އަތޮޅު ގައި ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފަައެވެ.
ލޮލުރޯގާ އިން ރައްކާތެެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ސައިބޯނިލައިގެން އަތް ދޮވުމާއި އާންމުކޮށް އަތްލައި ތަކެއްޗާއި ތަންތަން ސާފުކުރުމާއި ލޮލުގައި އަތްލުމާއި އަތް އުނގުޅުމުން ދުރުހެލިވުމާއި ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުމާއި ލޮލުރޯގާ ޖެހިފައިވާ މީހަކު ލޮލަށް އަޅަން ބޭނުން ކުރާ ބޭސްފުޅި ބޭނުން ނުކުރުން ހިމެނެއެވެ.
އެޗްޕީއޭއިން ވިދާޅުވީ ލޮލުރޯގާ އަކީ ތަފާތު ވައްތަރުގެ ބެކްޓީރިއާ އަދި ވައިރަސްގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށާއި މި ބަލީގެ އަކާމާތްތަކުގެ ތެރޭގައި ހުންއައުމާއި ލޯ ހިރުވުމާއި ލޮލުން ފެންއައުމާއި ލޮލުގައި މަޑުހެދުމާއި ލޯ ރަތްވުން ކަހަލަ އަލާމާތްތައް ހިމެނެ ކަމަށެވެ.
ލޮލުރޯގާ ޖެހިއްޖެ ނަމަ ނުވަތަ ޖެހިއްޖެކަމަށް ޝައްކުކުރެވޭނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.