1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޞިއްޙަތު

ކިވީ ކެއުމުން އެންމެ ހަތަރު ދުވަސްތެރޭ ނަފްސާނީ ދުޅަހެޔޮކަމަށް ހެެޔޮ ބަދަލެއް

113fe65c13b2a2342259edfd28d099388ecaf26a4acf8c7be93e7a75e8468516-ezgif.com-webp-to-jpg-converter
ކިވީ އަކީ ވިޓަމިން ސީ، ޕޮޓޭސިއަމް އަދި ފައިބާ ހިމެނޭ ހަށިގަނޑަށް ފައިދާހުރި މޭވާއެއް.. ފޮޓޯ: ޑެއިލީމެއިލް
އަހުމަދު ލަޔާން
470ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކިވީ ކައިގެން އެންމެ ހަތަރު ދުވަސްތެރޭ މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް ހެޔޮ އަސަރެއް ކޮށްފާނެއޭ ބުނުމުން ހައިރާންވޭ ހެއްޔެވެ؟

ނިއުޒީލެންޑުގެ ޔުނިވާސިޓީގެ އޮފް އޮޓާގޯގެ ޕްރޮފެސަރުންތަކެއް ހެދި މި ދިރާސާއިން ދައްކާ ގޮތުން ޑައިޓުގައި ކޮންމެ ދުވަހަކު ކިވީ ހިމެނުމަކީ މަދުވެގެން ހަތަރު ދުވަސް ތެރޭ އެކަމުގެ ފައިދާ މީހާގެ ސިކުނޑިއަށާއި ދިފާއީ ނިޒާމަށް އަދި ޖުމްލަ ގޮތެއްގައި މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ކަމެކެވެ.

ހަށިގަނޑުގައި ވިޓަމިން ސީ ގެ މިންވަރު އެވްރެޖު ގޮތެއްގައި މަދުން ހުރި 155 މީހުން ބައިވެރިކޮށްގެން 8 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ދިރާސާގައި ބައިވެރިންނަށް ކޮންމެ ދުވަހަކު 2 ކިވީ ކެއުމަށް އިރުޝާދު ދީފައިވެއެވެ. އަދި ބައިވެރިން 8 ދުވަސް ވަންދެން ކޮންމެ ދުވަހަކު އެ ދުވަހުގެ މޫޑް ހުންނަ ގޮތާއި، ނިދުމުގެ ކޮލިޓީއާއި، ދިރިއުޅުމުގެ ލައިފްސްޓައިލް ހުންނަ ގޮތް ރެޕޯޓު ކުރެއެވެ.

300 × 250

ދިރާސާގެ ނަތީޖާތައް ދެއްކި ގޮތުން އެންމެ ހަތަރު ދުވަސްތެރޭ ބައިވެރިންގެ ނަފުސާނީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލުތަކެއް އަންނަން ފެށިއެވެ. މި ބަދަލުތަކުގެ އެންމެ ހެޔޮ އަސަރެއް ފެންނަން ފެށީ ކިވީ ކާން ފެށިތާ 14-16 އަށް ވީ ދުވަސްތަކުގައި ކަމަށް ދިރާސާގެ ނަތީޖާތަކުން ވަނީ ދައްކައިފައެވެ.

މި ދިރާސާ ކުރިއަށް ގެންދިއުމުގައި އެންމެ އިސްކޮށް އުޅުނު ޑރ. ބެން ފްލެޗާ ބުނި ގޮތުގައި މި ދިރާސާ އިން އެނގުނީ ޑައިޓުގައި ހިމަނާ ބާވަތްތަކާ އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމާ ގުޅިލާމެހިފައިވާ މިންވަރެވެ.

މޭވާގެ ތެރެއިން "ބެރީސް" އާއިލާ ތެރޭގައި ހިމެނޭ ކިވީ އަކީ ވިޓަމިން ސީ ގެ މިންވަރު ވަރަށް މަތި މޭވާ އެކެވެ. މީގެ އިތުރުން ވިޓަމިން ކޭ، ޕޮޓޭސިއަމް އަދި ފައިބާ ވެސް މި ކުޑަ ކުޑަ މޭވާގައި ހިމެނެއެވެ. ފައިބާ އަކީ ހަޖަމުގެ ނިޒާމަށް ކޮންމެހެންވެސް މުހިއްމު މާއްދާއަކަށްވީއިރު ބެލެންސްޑް ޑައިޓެއްގައި ކިވީ ހިމަނާނަމަ ގޮހޮރަށް ޖެހޭ ތަފާތު އެކި އެކި ބަލިތަކުން މީހާ ދުރުކޮށްދިނުމުގައި އެހީތެރިވެދެއެވެ.

ހުހާ ނުވަތަ ތަފާތު އެކި ވައްތަރުގެ ސެލެޑުގެ ތެރޭ ހިމަނައިގެން ވެސް ބޭނުންކުރެވޭ ކިވީ އަކީ ހަށިގަނޑުގައި ވައިޓް ބްލަޑް ސެލް އުފައްދާ މިންވަރު އިތުރުކޮށްދޭ މޭވާ އެކެވެ. ނޭވާލުމުގެ ނިޒާމާއި ހަށިގަނޑުގެ އޯވަރޯލް ދިފާއީ ނިޒާމް ވަރުގަދަ ކުރުމުގައި ވެސް ކިވީ އެހީތެރިވެދޭކަން ދިރާސާތަކުން ދައްކާއިރު މިއީ ކެންސަރުގެ ނުރައްކާ ދަށްކުރުމުގައި ވެސް އެފަދަ ދެވަނައެއް ނެތް މޭވާ އެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި