ހުޅުމާލޭ ގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުން ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ހިލޭ ސްކްރީންކުރެވޭ ކެމްޕޭނެއް ފަށައިފިއެވެ. ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ހިލޭބމ ސްކޭން ކުރެވޭ މިކެމްޕެއިން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލްގެ ތަޖުރިބާކާރު ކެއަރ ޓީމުގެ ކޮންސަލްޓަންޓް ޑަކްޓަރުންގެ ބެލުމުގެ ދަށުން ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެެވެ. ޓްރީޓޮޕު ހޮސްޕިޓަލުން ހާމަކުރި ގޮތުގައި މި ސްކްރީނިން ކުރިޔަށްދާނީ، މި ހިނގާ ފެބްރުއަރީ މަހުގެ 19 އިން 28 އަށް (ހުކުރު، ހޮނިހިރު ފިޔަވައި) އެ ހޮސްޕިޓަލުގެ 3 ވަނަ ފަންގިފިލާގައި ހުންނަ އަންހެނުންނަށް ހާއްސަ ކްލިނިކްގައި، ރޭގަނޑު 08:00 އިން 10:00 އަށެވެ. އެ ހޮސްޕިޓަލުން ބުނެފައިވާގޮތުގައި މި ސްކްރީނިން ކެމްޕޭންގެ މަޤްސަދަކީ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރައި ބެހޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، އަވަހަށް ބަލި ދެނެގަނެ، ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމެވެ. މި ސްކްރީނިންގް ކެމްޕޭނުގެ ދަށުން، ޑޮކްޓަރަށް ދެއްކުމާއި، ސްކްރީނިން ޓެސްޓްތައް ހިލޭ ހެދޭނެއެވެ. ޓެސްޓް ރިސަލްޓް ލިބުމުގެ ފަހުން ހޯދާ އިތުރު އެއްވެސް ޚިދުމަތަކަށް ހިނގާ ޚަރަދު މި ސްކްރީނިންގައި ނުހިމެނޭނެ ކަމަށްވެސް ބުނެފައިވެއެވެ. މި ސްކްރީން ކުރެވޭ ފަރާތްތަކަކީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށް ވާންޖެހެއެވެ.
- ސްކްރީން ކުރެވޭ ފަރާތަކީ ކައިވެނި ކޮށްގެން އުޅޭ ފަރާތެއްކަމުގައިވުން
- ސްކްރީނިން ހައްދަވައިއިރު ޕީރިއަޑު ނުވަތަ ޙައިޟު ވެފައިނުވުން
- ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި "ޕެޕް ސްމިއަރ ސްކްރީނިން" އެއް ހަދާފައި ނުވުން
މި ސްކްރީނިން ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވާ ޑަކްޓަރުން:
- ޑރ. އަކަންޝް (އަންހެނުންގެ ޚާއްސަ)
- ޑރ. އަދިތި (އަންހެނުންގެ ޚާއްސަ)
- ޑރ. ސަޖަނާ (އަންހެނުންގެ ޚާއްސަ)
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި ޞިއްޙީ ޚިދުމަތްފޯރުކޮށްދޭ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ އަމާޒަކީ ޚިދުމަތް ހޯދާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަ، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްފޯރުކޮށްދިނުމެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.