1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

ފަސޫހާ، 18 އަހަރުވީ 800 މީޓަރު އިންޑޯ ގައުމީ ރެކޯޑު މުގުރާލައިފި

b_aIzgCPYcF0vCFDkjvYJQlX6P1
އޭޝިއަން ގޭމްސްގެ 800މ ދުވުމުގައި ފަސޫހާ ދުވަނީ.. ފޮޓޯ: ނައުޝަމް ވަހީދު/އެމްއޯސީ
އަހުމަދު ލަޔާން
444ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގައި އެންމެ ވިދުންގަދަ އެއް އަންހެން އެތުލީޓް ފަސޫހާ އަހުމަދު، 18 އަހަރުވީ 800 މީޓަރު ދުވުމުގެ އިންޑޯ ގައުމީ ރެކޯޑު މުގުރާލައިފިއެވެ.

އިރާނުގެ ތެހެރާނުގައި ކުރިއަށްދިޔަ އޭޝިއާގެ އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ފަސޫހާ ރެކޯޑު މުގުރާލީ، ދެ މިނެޓް، 22.30 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މީގެ ކުރިން، ރެކޯޑް އޮތީ، 2006 ވަނަ އަހަރުގެ އޭޝިއާގެ އިންޑޯ މުބާރާތުގައި ދުވި، ރާއްޖޭގެ ފާތިމަތު ހަޝްމާ އަތުގައެވެ. އޭނާ ރެކޯޑް ހެދީ، ދެ މިނެޓް، 37.21 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

300 × 250

ފަސޫހާ، 800 މީޓަރުގެ ދުވުމުގެ ފައިނަލްގައި ދުވެ، ހަވަނަ އަށް ދިޔައިރު، އޭނާ ވާދަކުރި ރޭހުގެ އެއް ވަނަ ހޯދީ، އީރާނުގެ ތޮކްތަމް ދަސްތަރުބަންދަންއެވެ. އޭނާގެ ޓައިމިން އަކީ، ދެ މިނެޓް، 09.17 އެވެ.

މިދިޔަ، ޑިސެމްބަރު މަހު ބޭއްވި ނެޝަނަލް ގްރޯން ޕްރީގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ ފަސޫހާއެވެ. އޭނާ އަތުގައި މިހާރު އަންހެނުންގެ 1500 މީޓަރު ދުވުމުގެ ރެކޯޑާއި އަންހެނުންގެ 800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑްވެސް އެބައޮތެވެ.

މި ފަހަރުގެ އޭޝިއާ އިންޑޯ މުބާރާތުގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު ވެސް ވަނީ ވާދަކޮށްފަ އެވެ. ސާއިދު ދިޔައީ، 60 މީޓަރު ދުވުމުގެ ހީޓު، އެކެއްގެ ހަ ވަނަ އެވެ. އޭނާގެ ޓައިމިން އަކީ، 6.95 ސިކުންތެވެ. އެ ރޭހުގެ އެއް ވަނަ ހޯދި، ޝުހޭއި ޓާޑާގެ ޓައިމިން އަކީ، 6.60 ސިކުންތެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި