ރަމަޟާންމަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު މާލެ ސަރަހައްދުގައި ވިޔަފާރި މުދާ އުފުލޭނެ ގަޑިތައް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ރޭ އިއުލާނުކޮށްފިއެވެ.
މިނިސްޓްރީން ބުނީ ރަމަޟާން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އަދި ޝައްވާލް މަހުގެ 1 ވަނަ ދުވަހުން 7 ވަނަ ދުވަހުގެ ނިޔަލަށް ބަރު އުޅަނދާއި ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލޭނީ ހެނދުނު 9:30 އިން ހަވީރު 16:30 އަށް އަދި ރޭގަނޑު 20:00 އިން ހެނދުނު 6:00 އަށް ކަމަށެވެ. އަދި ހެނދުނު 6:00 އިން ހަވީރު 9:30 އަށާއި ހަވީރު 16:30 އިން ރޭގަނޑު 20:00 އަށް މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާވާނެ ކަމަށެވެ.
މީގެއިތުރުން ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ބަރު އުޅަނދާއި ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލޭނީ ހެނދުނު 6:00 އިން ހަވީރު 16:30 އަށް އަދި ރޭގަނޑު 20:00 އިން ހެނދުނު 6:00 އަށް ކަމަށް ބުނެފައިވެއެވެ. އަދި އެ މުއްދަތުގައި މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާ ގަޑިތަކަކީ ހަވީރު 16:30 އިން ރޭގަނޑު 20:00 އަށް ކަމަށް ވެސް ވަނީ އަންގާފައެވެ.
މިނިސްޓްރީން ވަނީ މި އެންގުމާ ޚިލާފުވާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުގެ ދަށުން 750 ރުފިޔާ އިން ޖޫރިމަނާކުރެވޭނެ ކަމަށް އަންގާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.