1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ވިޔަފާރި

ރާއްޖޭގެ އިޝްތިހާރުކުރުމަށް ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރ އައިޓީބީ ބާރލިންގައި ރާއްޖެއިން ބައިވެރިވެއްޖެ

ITB Berlin
ހުވަދޫ ނިއުސް ޓީމް
510ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރ، އައިޓީބީ ބާރލިންގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މިއަހަރުގެ އައިޓީބީ ފެއަރގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީ އާއެކު ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ 107 ކުންފުންޏަކުން 214 ފަރާތެއްވަނީ ބައިވެރިވެފައެވެ.

މިމަހުގެ 7ވަނަ ދުވަހުގެ ނިޔަލަށް ޖަރުމަނުގެ ބާލިންގައި ކުރިއަށްދާ މި ފެއަރގައި މަސައްކަތްކުރާނީ ޖަރުމަނާއި މުޅި ދުނިޔޭގެ ޓްރެވަލް ޓްރޭޑު ޕާޓްނަރުންނާއެކު ވަރުގަދަ ގުޅުންތަކެއް ގާއިމްކުރުމަށްކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ. އަދި މިފެއަރއަކީ ދުނިޔޭގެ ފަތުރުވެރިންނަށް އެންމެ މަތީ ދަރަޖައިގެ ޗުއްޓީ މަންޒިލެއްގެގޮތުގައި ރާއްޖޭގެ މަގާމު ވަރުގަދަކޮށް، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅުން ބަދަހި ކުރުމަށް ލިބިގެންދާ ފުރުސަތެއްގެގޮތުގައި އެމްއެމްޕީއާރުސީން ދެކެއެވެ.

300 × 250

މިއަހަރު ރާއްޖޭގެ އައިޓީބީ ސްޓޭންޑުން ރާއްޖޭގެ ގުދުރަތީ ރީތިކަން ފެނިގެންދެއެވެ. 504 އަކަމީޓަރ ބޮދު މިސްޓޭންޑުން ޖަޒީރާ ޤައުމު ވަރަށް ސާފުކޮށް ތަޖުރިބާކޮށްލެވޭނެ ކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

https://twitter.com/visitmaldives/status/1765027243661631963?s=20

އަދި ސްޓޭންޑުގައި 104 ކޯ އެގްޒިބިޓަރ ކައުންޓަރާއި، 60 ބީ ޓު ބީ މީޓިންގ މޭޒު ހިމެނެއެވެ. އަދި ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ދައްކުވައިދޭ އެލްއީޑީ ސްކްރީންތައްވެސް ވަނީ ސްޓޭންޑުގައި ބަހައްޓާފައެވެ.

އައިޓީބީ ފެއަރގެތެރެއިން، "މޯލްޑިވްސް މީޑިއާ މީޓު"ގައި ރާއްޖެއިންވަނީ ޖަރުމަނާއި ދުނިޔޭގެ މަޝްހޫރު މީޑިއާތަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކޮށްފައެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި، އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ފާތުމަތު ތައުފީޤާއި، ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް، އެމްއެމްޕީއާރުސީ ބޯޑުގެ ޗެއަރޕާސަން އާއިޝާ ނޫރައިންގެ އިތުރުން ރައީސްގެ އެޑްވަރިޒަރ އޮން ޓޫރިޒަމް މުޙައްމަދު ޚަލީލު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޖަރުމަނަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ޤައުމެކެވެ. އެގޮތުން މިމަހުގެ 3ވަނަ ދުވަހުގެ ނިޔަލަށް 27563 ފަތުރުވެރިން އެޤައުމުން ރާއްޖެއަށް އައިސްފައިވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި